ރާއްޖޭގައި ހާފިޒުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ޖަލްސާ މިމަހުގެ 27 ވިލޭރޭ ބޭއްވުމަށް ނިންމައިފި


10 މާރިޗު 2025 - 12:59
ރާއްޖޭގައި ހާފިޒުން ދަސްވެނިވުމަށް ބާއްވާ ތާރީޚީ ފުރަތަމަ ހަފްލާ، މިމަހުގެ 27 ވިލޭރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ހާމަކުރައްވައިފިއެވެ.
މިނިސްޓަރު ޝަހީމް ސޯޝަލް މީޑިއާގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މި ހަފުލާގައި 20-25 އާ ދެމެދު އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިކަމަށް ޚާއްޞަކޮށް ބޭއްވޭ މިފަދަ ފުރަތަމަ ހަފްލާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިއީ ވަރަށް ތާރީޚީ މުހިންމު ދުވަހެއް. ރާއްޖޭގެ ހާފިޒުންނަށް ޚާއްޞަ ގޮތެއްގައި އިޙްތިފާލުކުރެވޭ ފުރަތަމަ ފަހަރު މިއީ," މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މީގެ ކުރިން ހާފިޒުން ދަސްވެނިވުމަށް ޚާއްސަ ޖަލްސާއެއް ބާއްވާފައެއްނުވެއެވެ. އަދި ދަސްވެނިވި ހާފިޒުންނަށް އިނާމާއި މެޑަލް ދެމުން އައީ އެކި އަހަރު އެކި މުނާސަބާތުތަކާ ގުޅުވައިގެން ބާއްވާ ޖަލްސާތަކުގައެވެ.
އިތުރު ލިޔުންތައް

އުފާވަނީ ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މުޖުތަމައު ބަލައިގެންފައިވާތީ: ވަޒީރު
7 މަސް ކުރިން
މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް 4000 ރުފިޔާ
7 މަސް ކުރިން
ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16 މިލިއަން ރުފިޔާ މި އަހަރު ދޫކޮށްފި
7 މަސް ކުރިން