ވޭޕްގެ ޖޫރިމަނާ 195,500 ރުފިޔާއަށް


10 މާރިޗު 2025 - 17:52
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މިހާތަނަށް ވޭޕު ބޭނުންކޮށްގެންނާއި ގެންގުޅިގެން ކުރި ޖޫރިމަނާ ތަކުގެ އަދަދު ދެ ލައްކަ ރުފިޔާއަށް ގާތަށް އަރައިފިއެވެ.
ފުލުހުން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގާނޫނާ ޚިލާފުވެ, ވޭޕާ ގުޅޭ އެކި މައްސަލަތަކުގައި މިހާތަނަށް ކުރި ޖޫރިމަނާތަކުގެ ޖުމްލަ އަދަދު 195,500 ރުފިޔާއަށް ވަނީ އަރާފައެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާއެކު ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ހިލޭ ބެހުން މަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.
ވޭޕް ބޭނުން ކުރުމުން ނުވަތަ އޭގެ ވިޔަފާރި ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު ކުރު މެސެޖެއްގެ ގޮތުގައި އެ މީހެއްގެ ފޯނަށް ލިބޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ވާރުޕޭ މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވޭޕްއަށް ބޭނުންވާ އާލާތްތައް ރާއްޖެ އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވޭޕް ކުރުމަށް ބޭނުންވާ ކޮންމެ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. ވޭޕްގެ އާލާތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކޮށް، ވިއްކާ ކޮންމެ އާލާތަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ އެވެ. އަދި ވޭޕް ބޭނުންކުރާނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
ނިމުނު ފެބްރުއަރީ މަހު ވޭޕްގެ 13 މައްސަލައެއްގައި 12 މީހަކު، ޖުމްލަ 65،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. ޖެނުއަރީ މަހު ވޭޕްގެ 14 މައްސަލައެއްގައި 12 މީހަކު 70,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ.
އަދި ޑިސެމްބަރު މަހުގެ ފަހު 15 ދުވަހުގެ ތެރޭގައި 14 މައްސަލައެއްގައި 11 މީހުން، ޖުމުލަ 60،500 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވެއެވެ.
އިތުރު ލިޔުންތައް

ވޭޕް ހުއްޓުވަން ސުކޫލުތަކުގައި ޚާއްޞަ ހަރަކާތްތަކެއް
7 މަސް ކުރިން
ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަދި ރިސޯޓުތަކުގައި ވެސް ވޭޕް ބޭނުންކުރުން މަނާ ވާނެ
6 މަސް ކުރިން
ވޭޕްގެ ޑިއުޓީ ބޮޑުކުރާ ބިލަށް އާއްމުންގެ ޚިޔާލު ހޯދަނީ
6 މަސް ކުރިން.jpg&w=3840&q=75)