ޚަބަރު
އައިޝަތު ދިޔާނާ އަލީ ރިޔާޒް


.webp&w=3840&q=75)
މާލެ އިން މީހަކު ގެއްލިގެން ހޯދަނީ


11 މާރިޗު 2025 - 06:54
މާލެ އިން މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދު، (37) އެވެ. އޭނާ 2025 މާރިޗު 08 ވަނަ ދުވަހުގެ 16:51 އިން ފެށިގެން އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އަދި އޭނާ ގެއްލިގެން އާއިލާ އިން ރިޕޯޓް ކޮށްފައިވަނީ 2025 މާރިޗު 10 ވަނަ ދުވަހުގެ 20:05 ގައެވެ.
ޢަބްދުﷲ ޝިހާދު ދިރިއުޅެނީ މާލޭގައިކަމަށާއި އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށް އާއިލާއިން ވަނީ ފުލުހުންނަށް މައުލޫމާތުދީފައެވެ. ޢަބްދުﷲ ޝިހާދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
އިތުރު ލިޔުންތައް

ފުލުހެއްގެ ގައިގަ ސައިކަލުން ޖެއްސި މީހަކު ހައްޔަރަށް
7 މަސް ކުރިން
ހޯރަފުށިން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
7 މަސް ކުރިން
އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން މަކަރާއި ހީލަތުގެ އަމަލުތައް ހިންގަނީ، ސަމާލުވޭ!
6 މަސް ކުރިން.webp&w=3840&q=75)