logoEN
ޚަބަރު

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

11 މާރިޗު 2025 - 07:07

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރެހެންދި އެވޯޑަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެކި ކަންކަމަށް އަންހެނުން ނުކުތުމަށް ހިތްވަރުދީ އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކޮންމެ އަހަރަކު ދެމުން އަންނަ ޤައުމީ ޚިދުމަތުގެ ޚާއްޞަ އެވޯޑެކެވެ.

މި އެވޯޑު ދިނުމުގެ މަޤުޞަދަކީ، ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނިކުތުމަށް ހިތްވަރުދިނުމެވެ. އެއާއެކު އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކޮށް، އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކަށާއި މުޖުތަމަޢަށް އަލަށް ތަޢާރުފު ވާ ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމެވެ. ވަކީން ޚާއްޞަކޮށް، މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް މަސައްކަތް ކުރާ ވަކި ފަރުދުންނާއި އެހެނިހެން ފަރާތްތަކުގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަން ކުރުމެވެ. އަދި 2022 އިން 2026 އަށް އެކުލަވާލި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައިވާ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ބާރުއެޅުމެވެ.

މިއަހަރު ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އަދި މެއި މަހުގެ 4 ވަނަ ދުވަހާއި ހަމަޔަށް ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި އެވޯޑު ދެވޭނީ މިއެވޯޑަށް ކުރިމަތިލުމަށް އެދި ޢާންމުކުރާ އިޢުލާނަކަށް އިޖާބަދީ، މިކަމަށް އެދި ހުށަހެޅުމަށް ތައްޔާރުކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ދާއިރާއަކާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިއެވޯޑަށް ޝަރުޠުހަމަވާ ފަރާތްތަކަށެވެ. ރެހެންދި އެވޯޑަށް ނަން ހުށަހެޅޭނީ 1 ދާއިރާއިންނެވެ. ލިޔެކިޔުންތަކާއި އިންޓަރވިއުއާއި އަދި ކޮށްފައި ހުރި މަސައްކަތްތަކަށް ބަލާފައި އެވޯޑު ލިބޭ ފަރާތްތައް ނިންމާނީ ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީއިންނެވެ.

ކޮމެންޓް

871x217_placeholder