logo
Bank of Maldives

Bank of Maldives

ޚަބަރު

އާއިލީ ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު 54 ކުއްޖަކަށް

އަޙްމަދު ޒަލީފް
24 ނޮވެމްބަރު 2024 - 14:32
އާއިލީ ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު 54 ކުއްޖަކަށް

ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 54 ކުއްޖަކު މިހާތަނަށް އާއިލާއާ ހަވާލުކޮށްފިއެވެ.

"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމްގެދަށުން ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިން، އެކުދިންގެ އަމިއްލަ އާއިލާއާއި ހަވާލުކުރުމާއި، އަދި ހަވާލުވާނެ އާއިލާއެއް ނެތް ކުދިންނަށް އާއިލާއެއް ހޯދައިދިނުމުގެ މަސައްކަތް ހިމެނެއެވެ. 

މިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ، ދަޢުލަތުގެ ޒިންމާއެއްގެ ގޮތުގައި ދެކެނީ، ކޮންމެ ކުއްޖަކީވެސް ޢާއިލީ ލޯތްބާއި އޯގާތެރިކަން ތަޖުރިބާ ކުރެވި ބޮޑުވާ ކުއްޖަކަށްވުމުގެ ފުރުޞަތު ދިނުންކަމަށެވެ.

ދިމާވާ ޙާލަތަކާ ގުޅިގެން ދަޢުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ނެގިނަމަވެސް، އެންމެ ބޮޑު އަމާޒަކީ ކުދިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދީ އެކުންދިން ޢާއިލާއަކާ އަވަހަށް ގުޅުވައިދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަޢުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަނީ، ދިމާވާ އެކި މައްސަލަތަކުގެ ސަބަބުން އާއިލާގެ ތެރޭގައި އެވަގުތަށް ބެލެހެއްޓެން ނެތް ކުދިންނެވެ. އެހެންކަމުން ކުދިން އަނބުރާ އާއިލާތަކާ ހަވާލުކުރާއިރު، އާއިލާތެރޭގައި އެފަދަ އަމާން މާހައުލެއް ޤާއިމުކުރުމަށް ބޭނުންވާ އެހީތެރިކަންވެސް ވުޒާރާގެ ތެރެއިން ފޯރުކޮށްދެއެވެ. އަދި ކުދިން ހަވާލުކުރަނީ އެފަދަ މާޙައުލެއް އޮތްކަން ކަށަވަރުކުރުމަށްފަހުގައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފިޚަބަރު | މަހެއް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއްޚަބަރު | މަހެއް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލު މާހައުލެއް ހޯދައިދިނުމަށް "އެމްޕަވަރމެންޓު ހަބް" އެއްޚަބަރު | 2 މަސް ކުރިންއުމުރުން ދުވަސްވީ މީހުންނަށް ރަށްރަށުގައި ހާއްސަ މަރުކަޒުތަކެއް އަޅަނީޚަބަރު | 2 މަސް ކުރިން