logo
Bank of Maldives

Bank of Maldives

ޚަބަރު

އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަން ނެތުން

އާމިނަތު ޝަފާ
19 ނޮވެމްބަރު 2024 - 10:01
އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަން ނެތުން

ހާލު ކިހިނެތް ޕްރޮގްރާމްގެ ތެރެއިން އެންމެ ބޮޑަށް ހުށަހެޅިފައިވާ ޝަކުވާއަކީ އެކަށީގެންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ކަންބޮޑުވުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މެއި މަހުން ފެށިގެން މިއަދާ ހަމައަށް ހާލު ކިހިނެތް ޕްރޮގްރާމުގެ ތެރެއިން 8027 ގޭބީސީއަކަށް ޒިޔާރަތްކުރެވި ހާލު ބެލިފައިވާކަމަށް އެވުޒާރާއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދައުލަތުގެ ޚާއްޞަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ޢާއިލާތައް ދެނެގަތުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށާފައިވާ "ހާލު ކިހިނެއް" ޕްރޮގްރާމްގެ ދަށުން ދެވަނަ ހުޅުމާލެ ދެވަނަ ފިޔަވައްސާއި، އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތައް ހުރި ރަށްރަށުގެ ގޭގެއަށް ޒިޔާރަތް ކުރުން 30 މެއި ގައި ވަނީ ފަށައިފައެވެ.

ތާވަލުކުރެވިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. އަދި އެއް އަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުރިހާ ގޭބީސީއަކަށް ޒިޔާރަތް ކުރުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމުގެ ތެރެއިން ކުރެވުނު ޒިޔާރަތްތަކުން ޢާއިލާތަކުން ހުށަހެޅި ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ޢާއިލާތަކުން ހުށައެޅި 407 މައްސަލަ ވަނީ ހައްލުކޮށްދެވިފައިކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ކުރެވުނު ޒިޔާރަތްތަކުން މާލީ ފުދުންތެރިކަން ދަށްވުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ 13 ޢާއިލާއެއް ދެނެގަނެވިފައިވާތީ އެ ހުރިހާ ފަރާތްތަކަށް ވެސް މަހުން މަހަށް ފޯރުކޮށްދޭ ޒަރޫރީ ސާމާނު ހިމެނޭ "ކެއާ ޕެކޭޖްތައް" ދަނީ ފޯރުކޮށްދެވެމުންކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރަށްވެހިންނަށް ޤަދަރުކޮށް އެ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރަން ޖެހޭޚަބަރު | 15 ދުވަސް ކުރިން8 އަތޮޅެއްގައި އުފާވެރި ރާސްތާ ޕްރޮގްރާމު ކުރިއަށްގެންދަނީ ޚަބަރު | 16 ދުވަސް ކުރިން"ޝާމިލް" ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | 23 ދުވަސް ކުރިންނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ލޯންޗުކޮށްފިޚަބަރު | މަހެއް ކުރިން