logo
Bank of Maldives

Bank of Maldives

ޚަބަރު

ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި

މަރިޔަމް ޔަނާ އަލީ
25 އޯގަސްޓު 2024 - 14:42
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ، އައިޝަތު ޝިހާމް
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ، އައިޝަތު ޝިހާމް

ގައުމީ ތެރަޕީ ޕްރޮޓޮކޯލް ތައްޔާރުކުރުމުގެ މަސައްކަތް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މި މަސައްކަތް ކުރިޔަށް ދަނީ އެ އިދަރާގެ އިސްނެގުމުގެ ދަށުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، ގައުމީ ތެރަޕީ ޕްރޮޓޮކޯލް ތައްޔާރުކުރުމުގެ މުހިންމު މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން އެ ޕްރޮޓޮކޯލް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ދެވޭ ތެރަޕީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ އަމާޒުގައި މިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން ގައުމީ ތެރަޕީ ޕްރޮޓޮކޯލް އެކުލަވާލުމުގެ މަސައްކަތް ވަނީ ފެށިފައި ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އަދި މި އިސްނެގުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރުދުންނަށް ފޯރުކޮށްދޭ ތެރަޕީގެ ހިދުމަތްތަކުގެ މިންގަނޑާއި ފައިދާހުރިކަން މަތިކުރުމަށް ކުރެވޭ އިސްނެގުމެއް ކަމަށާއި، ކުޑަކުދިންނަށް ލިބޭ އެންމެ މަތީ ފެންވަރުގެ ފަރުވާއާއި ސަޕޯޓް ލިބޭނެގޮތް ކަށަވަރުކޮށްދޭނެ އިސްނެގުމެއް ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

މި މަސައްކަތުގެ މެއިމަހުގެ 31 އިން ޖޫން އެކަކަށް އަށް ތުލުސްދޫގައި ވޯކްޝޮޕެއް ކުރިޔަށް ގެންގޮސްފައިވާއިރު، ގައިޑްލައިންތައް އިވަލުއޭޓް ކުރުމަށް މިމަހުގެ އެއްވަނަ ދުވަހު މާލޭގައި ޕިއާރް ރިވިއު ވޯކްޝޮޕެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 111 ކުއްޖަކު ޢާއިލާތަކާ ވަނީ ޙަވާލުކޮށްފަ: ވަޒީރުޚަބަރު | މަހެއް ކުރިންދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢީދުގައި ބައިވެރިކުރުމަށް 40،000 އަށްވުރެ ގިނަ ޑޮލަރުޚަބަރު | މަހެއް ކުރިންކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފިޚަބަރު | 3 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއްޚަބަރު | 3 މަސް ކުރިން