logoEN
ޚަބަރު

ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަން: ކަންބޮޑުވާންޖެހޭ ކަމެއް ނެތް!

އާމިނަތު ސަފާއާމިނަތު ސަފާ

11 މާރިޗު 2025 - 10:17

ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނާ ގުޅިގެން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ހާރިޖިއްޔާއިން ބުނެފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ހާރިޖިއްޔާއިން ބުނީ މާލެ ސަރަޙައްދުގައި ފުލުހުންނާއި ގައުމީ ދިފާއި ބާރުން ކުރިއަށްގެންދާ އޮޕަރޭޝަނަކީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކުރެވިފައިވާ ކަމަށާއި އަދި ކޯޓު އަމުރުގެ ދަށުން އެކި ތަންތަނާއި އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ބުނެފައިވެއެވެ.އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، މިވަގުތު ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ނެތްކަމަށް ހާރިޖިއްޔާގެ ބަޔާނުގައިވެއެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ގަދައަޅައި މަސައްކަތްކުރާނެ ކަމަށް ޔަޤީންކަންވެސް ބަޔާނުގައި ދީފައިވެއެވެ.ބަޔާނުގައި އިތުރަށް ބުނީ ރާއްޖެއަކީ ރައްޔިތުންނަށާއި ފަތުރުވެރިންނަށް އަމާން، ރައްކާތެރި އަދި ސުލްޙަވެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، އެއްވެސް ނުރައްކަލެއްގެ މަޢުލޫމާތު ލިބިއްޖެނަމަ، އެކަމަކާ ގުޅޭގޮތުން އަވަސް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކުރާނެކަމަށެވެ.

މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުން ހައްޔަރުކޮށްފައި ވަނީ ގ. ޝަބްނަމީ ގޯޅީގައި ހުންނަ ޕްރެސައިޑު ކިޔާ ގެއަކުންނެވެ.

މި އޮޕަރޭޝަން ނިންމާލިކަން އަދި ސަލާމަތީ ބާރުތަކުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް

871x217_placeholder