logo
E-Platinum
ޚަބަރު

އެސްޓީއޯގެ ބޯޑަށް ފަޒީނާ އައްޔަންކޮށްފި

އަޙްމަދު ޒަލީފް
11 މާރިޗު 2025 - 18:37
އެސްޓީއޯގެ ބޯޑަށް ފަޒީނާ އައްޔަންކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ގދ. ގައްދޫ ބިލަތްމާގެ އާއިޝަތު ފަޒީނާ އައްޔަންކޮށްފިއެވެ.

އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް އައްޔަންކުރެވުނު ފަޒީނާއަކީ ކުރީގައިވެސް އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ދައުލަތުގެ ހިއްސާ އެކުލެވޭ ކުންފުނިތަކާއި ކޯޕަރޭޝަންތަކުގެ މާލީ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލެވުނު ފިނޭންސް ޑިރެކްޓަރުންގެ ޕޫލްގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އެސްޓީއޯއިން މިކަން އިޢުލާންކޮށްފައިވާއިރު މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވެސް ވަނީ ފަޒީނާ އެސްޓީއޯގެ ބޯޑަށް އައްޔަންކޮށްފައިވާކަން އިޢުލާންކޮށްފައެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މި މަޤާމު ހުސްވެފައިވަނީ، މި މަޤާމުގައި ކުރިން ހުންނެވި މުހައްމަދު މުރާދު 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުރާދު މި މަޤާމަށް އައްޔަންކުރެވިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި 574 މިލިޔަން ރުފިޔާވިޔަފާރި | ދުވަހެއް ކުރިންދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 574 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެޚަބަރު | 2 ދުވަސް ކުރިންއެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެންނަން ނިންމައިފިޚަބަރު | 3 ދުވަސް ކުރިންސިޓީ ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް ފޭސް 3 އިން 40،000 އަކަފޫޓުގެ ބިމެއްޚަބަރު | 2 މަސް ކުރިން