logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެންނަން ނިންމައިފި

ޝަހްޒާ މުހައްމަދު
29 ޖުލައި 2025 - 12:23
އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެންނަން ނިންމައިފި

ރާއްޖޭގެ މާކެޓުގައި ފިޔާގެ ދަތިކަން ކުރިމަތިވެފައިވާތީ، މާކެޓް ސްޓެބަލައިޒް ކުރުމަށް އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނައުމަށް ނިންމައިފިއެވެ.

އެސްޓީއޯގެ ފަރާތުން، މީޑިއާ އޮފިޝަލް، މިކަމާ ގުޅޭގޮތުން މެންދުރު ޓީވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިވަގުތު މާކެޓުގައި ފިޔާގެ ޝޯޓޭޖެއް ކުރިމަތިވެފައިވާތީ، އަވަސް ފުރުސަތެއްގެ ތެރޭގައި ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޫސުމާއި ގުޅިގެން ފިޔާލިބުންދަތިވެ، ބާޒާރުގައި ފިޔާގެ ދަތިކަން ކުރިމަތިވެފައިވާތީ ، އަގު އުފުލޭކަން އެސްޓީއޯއިން ފާހަގަކުރިއެވެ. އަދި މި ޝިޕްމަންޓް ގެނައުމުން އަގު ކޮންޓްރޯލްވާނެކަން ވެސް ފާހަގަކުރިއެވެ.

ނަމަވެސް މި ޝިޕްމަންޓް ރާއްޖެ އަންނާނެ ވަކި ތާރީޚެއް އަދި މުޅިން ޔަގީންނުޥާކަމަށާއި، އެނގުނުހާ އަވަހަކށް އާންމުކުރާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓިއޯއިން ބުނީ، ފިޔާއަކީ ދިވެހިންގެ ކެއްކުމުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ތަކެތީގެ ގޮތުގައި ހިމެނޭ އެއްޗަކަށް ވާއިރު، މޫސުމާއި ގުޅިގެން ފިޔާ ލިބުމުގެދަތިކަން ކުރިމަތިވެފައިވާތީ، އެނިންމުންނިންމިކަމަށެވެ.

ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި މުދާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ އެސްޓީއޯގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި އެ ކުންފުނިން ބުނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަދުން ފެށިގެން ތިން ދުވަހަށް އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދުވާނެޚަބަރު | 3 ދުވަސް ކުރިންއެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި، މިއީ ފަހުގެ ތާރީޚެއްގައި ހިއްސާއަކަށް ޖެހުނު އެންމެ ބޮޑު އަދަދުޚަބަރު | މަހެއް ކުރިންތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް، އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ: މިނިސްޓަރޚަބަރު | 2 މަސް ކުރިންމި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 785 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއްޚަބަރު | 2 މަސް ކުރިން