ޓޫރިޒަމް ކުރިއެރުވުމަށް ބީއެމްއެލް އަދި އެމްއައިބީއާއެކު މަޝްވަރާކޮށްފި


12 މާރިޗު 2025 - 07:41
ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާ އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓެކްޓަރ މުފައްދަލް އިދްރީސް ޚުމްރީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި ބޭންކުގެ ދައުރު އާއި އެމްއައިބީގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ލޮލުކަމަށްވާތީ، މި ދާއިރާ އިތުރަށް ކުރިއެރުވުމަށް ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަން ވަރަށް މުހިންމުކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން މުހިންމުކަމަށެވެ. އަދި މި ދާއިރާގައި އެމްއައިބީގެ ދައުރު އިތުރުކުރުމަށް ސަރުކާރުން ބޭނުންވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް އެ ބޭންކުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ. އަދި މިކަމަށް ޚާއްޞަ ލޯނު ސްކީމްތަކެއް ތަޢާރަފުކުރުމަށް ވިސްނަމުންދާކަމަށްވެސް ވިދާޅުވިއެވެ.
އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމަށް އެ ބޭންކުން ޝައުޤުވެރިކަން ފާޅުކުރާ ކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫޢުތަކަށް ފައިނޭންސްކުރުމަށް ވެސް އެ ބޭންކުން ތައްޔާރަށް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދެފަރާތުން އެއްބަސްވެފައިވަނީ، ކުރިއަށް އޮތްތާގައި މި ދެ ދާއިރާއަށް އަމާޒުކޮށްގެން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ. މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށްވެސް އެއްބަސްވެފައިވެއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކުރުމަށް ކުރެވިދާނެ އެހެނިހެން މަސައްކަތްތަކާ ބެހޭގޮތުން އެމްއައިބީއާ ވެސް ވަނީ މަޝްވަރާކޯށްފައެވެ.
އިތުރު ލިޔުންތައް

ވިޒިޓް މޯލްޑިވްސް ހެކަތޯން ރަސްމީކޮށް ފަށައިފި
3 މަސް ކުރިން
ދިވެހިރާއްޖެއިން ތިންވަނަ އެންޑީސީ ޔޫއެންއެފްސީސީސީއަށް ހުށަހަޅައިފި
3 މަސް ކުރިން
12 ވަނަ ސަރަޙައްދީ 3އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމް ފަށައިފި
3 މަސް ކުރިން