logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން ދައްކަނީ ދަރިފުޅުގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ކުރާނޭފަދަ ދޮގު ވާހަކަތައް: މެޑަމް ސާޖިދާ

އެމްޑީޕީން ދައްކަނީ ދަރިފުޅުގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ކުރާނޭފަދަ ދޮގު ވާހަކަތައް: މެޑަމް ސާޖިދާ

ރައިސުލްޖުމްހޫރިއްޔާގެ ދަރިކަލުންނާއި ގުޅުވައިގެން އެމްޑީޕީ އިން ދެއްކި ވާހަކަތަކަކީ ދަރިފުޅުގެ ތަޢުލީމީ ޙަޔާތަށާއި އިޖްތިމާޢީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވެއްޖެ އެވެ.

އަމިއްލަފުޅަށް ފަރުދީގޮތުން، މަންމަގެ ޙައިޞިއްޔަތުން އެކަމަނާ މިއަދު އާންމުކުރެއްވި ނޫސްބަޔާނުގައި ވިދާޅުވީ، އެކަމަނާގެ ދަރިފުޅު ޢުމައިރުއަށް ނިސްބަތްކޮށް، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި، ޚާއްޞަކޮށް މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ޙަޤީޤަތެއްނެތް، ދޮގު ވާހަކަތަކެއް ދައްކައިފައިވާ ކަމަށެވެ. މިގޮތުން ފަތުރާފައިވާ ވާހަކަތަކުގެ ތެރޭގައި، ޢުމައިރަކީ ވޭޕް ބޭނުންކުރާ ކުއްޖެއް ކަމުގައިބުނެ ފަތުރާފައިވާ ދޮގުވާހަކަތަކެއް ހިމެނޭކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނޫސް ބަޔާނުގައި މެޑަމް ސާޖިދާ ވަނީ ޢުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިޢުމާލުވެސް އެއްވެސް ގޮތަކަށް ކުރާ، ނޫނީ ކޮށްފައިވާ ކުއްޖެއްނޫންކަން ވަރަށް ސާބިތުކަމާއެކު ވިދާޅުވެފައެވެ.

އެހެންކަމުން މިކަންކަން މިހެން ކުރަމުންދަނީ މެޑަމް ސާޖިދާގެ ފިރިކަލުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސިޔާސީ ގޮތުން ޚިޔާލުތަފާތު އެކި ފަރާތްތަކުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ. މިފަދަ ވާހަކަތަކުގެ ތެރޭގައި އެކަމަނާގެ ދަރިކަލުންގެ ތަޢުލީމީ ޙަޔާތަށާއި އިޖްތިމާޢީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ފަތުރާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މިއާއެކު އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ސިޔާސީ ނިންމުންތަކުގައި ޢުމެއިރުއަކީ އެއްވެސް ބައިވެރިވުމެއް ނެތް އެއްވެސް ބާރުވެރިކަމެއްވެސް ނެތް، މަންމައާއި ބައްޕަގެ ބެލެނިވެރިކަމުގެ ދަށުގައި ހެދިބޮޑުވަމުން އަންނަ ކިޔަވާ ކުއްޖެއްކަން މެޑަމް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ޢުމައިރުގެ އިތުރުން އެކަމަނާގެ އެންމެ ދޮށީ ދަރިކަނބަލުންނާއި، އަށް އަހަރުގެ އެންމެ ހަގު ދަރިކަލުންނަށް ގަނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މަސައްކަތްތަކެއް އިނދިކޮޅު ފަރާތްތަކުން މިހާރު ފަށާފައިވާކަމީވެސް ބަލައިގަންނަން އުނދަގޫކަމެއްކަމުގައި މެޑަމް ވިދާޅުވިއެވެ.

އެހެނެއްކަމަކު، މިއަދު އެކަމަނާގެ ކުދިންނާއި، ޚާއްޞަގޮތެއްގައި 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް ޤަޞްދުކޮށްފައިވާކަމަށް މެޑަމް ވިދާޅުވިއެވެ. އަދި މިފަހަކަށް އައިސް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ޢާއިލާތަކުގެ ނަމާއި އަބުރުނަގާލައި، ކަމާނުބެހޭ މަޢުޞޫމް ޅަދަރިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ ޢަމަލުތަކެއް ހިނގަމުންދާ ހިނދު، މި ފިޔަވަޅު އެޅުމަކީ މުސްތަޤްބަލުގައި މި ފަދަ މަޤާމެއްގައި ތިބޭނޭ ކުދިންގެ ރައްކާތެރިކަމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމުގައި މެޑަމް ޤަބޫލުކުރާތީ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ވީމާ މެޑަމް ވިދާޅުވި ފަދައިން އެކަމަނާގެ ފަރާތުން އަޅަން ޤަޞްދުކުރާ ފިޔަވަޅުތައް އެކަމަނާގެ ޤާނޫނީ ވަކީލުންގެ ފަރާތުން ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ މުޒާހަރާގައި ކުޑަކުއްޖެއްގެ ޙައްގުތަކަށް އުނިކަން އަންނަ ގޮތަކަށް އެކްޓިވިސްޓަކު ދެއްކި ވާހަކަތަކާއި ގުޅިގެން ވަޒީރުންނާއި އަންމުންގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ އެމްޑީޕީގެ މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންްމަ މަރްޔަމް ޒުބައިރު ދެއްކި ވާހަކަތައް އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކުށްވެރިކޮށްފަ އެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެނުންނަކީ ކަންކަމުގައި ކެތްތެރިކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރުވެސް ލިބިފައިވާ ބައެއް: މެޑަމް ސާޖިދާޚަބަރު | 2 މަސް ކުރިންއޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެވެސް މުހިންމު ބައެއް: މެޑަމް ސާޖިދާޚަބަރު | 2 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ލިބުމުން މުޅި ގައުމާއި އާއިލާތަކަށް އޭގެ ފައިދާ ލިބޭ: ފަސްޓްލޭޑީޚަބަރު | 6 މަސް ކުރިންއަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކޮށްފި ޚަބަރު | 7 މަސް ކުރިން