logo
MPL

MPL

ޚަބަރު

މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446ގެ ހުށަހަޅުންތެރީންނަށް ހަނދާނީ ލިޔުން މެޑަމް ސާޖިދާ ހަވާލުކޮށްދެއްވައިފި

މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446 ފެށުމުގެ ރަސްމިއްޔާތު؛ މެޑަމް ސާޖިދާ ވަނީ މި އަހަރުގެ މަހުރަޖާނުގެ ހުށަހަޅުންތެރީންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފަ--ފޮޓޯ: ރައީސް އޮފީސް
މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446 ފެށުމުގެ ރަސްމިއްޔާތު؛ މެޑަމް ސާޖިދާ ވަނީ މި އަހަރުގެ މަހުރަޖާނުގެ ހުށަހަޅުންތެރީންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފަ--ފޮޓޯ: ރައީސް އޮފީސް

މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446ގެ ހުށަހަޅުންތެރީންނަށް ހަނދާނީ ލިޔުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ހަވާލުކޮށްދެއްވައިފިއެވެ.

"މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446" ޕްރޮގްރާމް ފެށުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި އިސްލާމީ ޔުނިވަރސިޓީގެ ތިން ދަރިވަރަކާއި، މިޞްރުގެ ޤާރީއެއްގެ ޤުރުއާން ކިޔެވުން ހުށަހަޅައިދީފައެވެ. މީގެ އިތުރުން، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު އާއި، ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ލެކްޗަރަރ އައްޝައިޚް ޢަބްދުލްޢަޒީޒު ޙުސައިން އަދި ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސްގެ ޑީން އައްޝައިޚް ނިމާލް މުޙައްމަދު، ކިޔެވި ދިޔަ ބައެއް އާޔަތްތަކާއި ގުޅުންހުރި މައުޟޫޢުތަކަށް ވާހަކަފުޅު ދައްކަވާފައިވެއެވެ.

"މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446" ޕްރޮގްރާމަކީ 2006 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ އިސްނެގުމުގެ މަތިން، ކޮންމެ އަހަރެއްގެ ރަމަޟާން މަހު ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މި މަހްރަޖާނަކީ ރީތި ރާގުތަކަށް ކީރިތި ޤުރުއާން ކިޔަވައި، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމުގެ މާތް މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެން ކުދިންގެ ހުނަރުން މުޖުތަމައު މާބޮޑަށް ވަރުގަދަވެގެންދޭ: މެޑަމް ސާޖިދާޚަބަރު | 24 ދުވަސް ކުރިންކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 24 ދުވަސް ކުރިންޓެކްނޮލޮޖީއާއެކު ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް މުދައްރިސުން ހޭނުވުމަށް ތަމްރީން ދިނުމަކީ މުހިންމު ކަމެއް: ސާޖިދާޚަބަރު | މަހެއް ކުރިންއުމުރުން ދުވަސްވީ މީހުންނަކީ އެއް ޖީލުން އަނެއް ޖީލަށް ޢިލްމާއި ހިކުމަތް ފޯރުކޮށްދޭ މުހިއްމު ބައެއް: ސާޖިދާޚަބަރު | މަހެއް ކުރިން