logo
Bank of Maldives

Bank of Maldives

ޚަބަރު

ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން ސަމާލުކަން ދޭންޖެހޭ: މެޑަމް ސާޖިދާ

ތާޖުއްދީން ސުކޫލުގައި ރޭ އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި މެޑަމް ވާހަކަދައްވަމުން -- ފޮޓޯ: ރައީސް އޮފީސް
ތާޖުއްދީން ސުކޫލުގައި ރޭ އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި މެޑަމް ވާހަކަދައްވަމުން -- ފޮޓޯ: ރައީސް އޮފީސް

މާނަވީ ގޮތެއްގައި ކީރިތި ޤުރުއާނާ ގާތްވުމަށްޓަކާ ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން ސަމާލުކަން ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސުކޫލުގައި ރޭ އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ވިދާޅުވީ، ކީރިތި ޤުރުއާނާ ގާތްވުމަށްޓަކާ ކީރިތި ޤުރުއާން ތަޖުވީދުމަގުން ރީތިކޮށް ކިޔަވަން ސަމާލުކަން ދޭ ފަދައިން، ކީރިތި ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން އަބަދުވެސް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއާއެކު މެޑަމް ވަނީ ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ރީތިކަމާއި ފުރިހަމަކަން ކީރިތި ޤުރުއާނުގެ އިރުޝާދުގެ އަލީގައި ލިބިގަތުމަށް ބާރުއަޅުއްވާފައެވެ. އަދި މިފަދައިން އަމަލުތައް ބެހެއްޓުމުން ދިރިއުޅުމަށާއި މުޅި މި ޤައުމަށް ހެޔޮބަދަލު އަންނާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމުގައި އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ އީގަލްސް ކޮމިއުނިޓީއިން އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެފަދަ މަސައްކަތްތައް ކުރުމަށް އެކަމަނާގެ ވާހަކަފުޅުގައި ބާރުއަޅުއްވާފައިވެއެވެ. ހަމަ އެއާއެކު، އެކަމަނާ ވަނީ މުޖުތަމަޢުގެ ކަންކަން ކުރިއެރުވުމަށް ފަރުދީ ޒިންމާ އަދާކުރެއްވުމަށްވެސް ބާރުއަޅުއްވާފައެވެ.

އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުޢާން މުބާރާތް ބާއްވާފައިވަނީ ނިމިގެންދިޔަ ރަމަޟާންމަހު ތާޖުއްދީން ސުކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެންނެވެ. މި މުބާރާތުގައި ޖުމްލަ 174 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ މުޅި މުބާރާތުން އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ހާސިލްކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ.

އެ ރަސްމިއްޔާތުގައި އީގަލްސް ކޮމިއުނިޓީގެ ފަރާތުން ހުށަހެޅުއްވި ރިޕޯޓުގައި އެ ކޮމިއުނިޓީގެ ފަރާތުންވަނީ އިޖުތިމާޢީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބަލައިގެން ކިޔެވުމަށާއި ނުބަލައި ކިޔެވުމަށް އަދި ޙާފިޒުންނަށް ޚާއްސަކޮށް މިއަހަރަށްވުރެ ފުޅާދާއިރާއެއްގައި އިތުރު ޤުރުއާން މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރައްވާނެކަން އީގަލްސް ކޮމިއުނިޓީން ފާހަގަކުރައްވާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިވަންތަކަމުގައި ހުރި ރިވެތި ސިފަތައް ދަރީންނަށް ފޯރުކޮށްދޭން ޖެހޭ: މެޑަމް ސާޖިދާ ޚަބަރު | 5 ދުވަސް ކުރިންގާލް ގައިޑް އެސޯސިއޭޝަންގެ މެންބަރުންނާ މެޑަމް ސާޖިދާ ބައްދަލުކުރައްވައިފިޚަބަރު | 5 ދުވަސް ކުރިންއަލަށް އުފަންވާ ކުދީންގެ ދުޅަހެޔޮކަމަށްޓަކާ އެކުގައި މަސައްކަތް ކުރެއްވުމަށް ގޮވާލައްވައިފި ޚަބަރު | 7 ދުވަސް ކުރިންކޮންމެ ކުއްޖަކީވެސް މަސައްކަތްތެރި، ރާއްޖެއާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ ކުއްޖަކަށްވުން މުހިންމު: ފަސްޓްލޭޑީޚަބަރު | 11 ދުވަސް ކުރިން