logo
Bank of Maldives

Bank of Maldives

ޚަބަރު

އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެވެސް މުހިންމު ބައެއް: މެޑަމް ސާޖިދާ

ޒިދާން މުޙައްމަދު
2 އޭޕްރީލު 2026 - 13:01
މެޑަމް ސާޖިދާ
މެޑަމް ސާޖިދާ

އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެވެސް މުހިންމު ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ވޯލްޑް އޯޓިޒަމް އެވެއާނެސް ޑޭ ނުވަތަ އޯޓިޒަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އޯޓިޒަމް ހުންނަ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެކަމަނާ ވިދާޅުވީ އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެވެސް މުހިންމު ބައެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، މިއަދު އޯޓިޒަމަށް ހޭލުންތެރިކަން އިތުރުކުރުމަށްވުރެ ފުޅާކުރަންޖެހޭ ކަމަށާއި، ނިއުރޯޑައިވާސިޓީ ނުވަތަ ސިކުނޑީގެ ތަފާތުތައް ބަލައިގަނެ، ދައުލަތުގެ ސިޔާސަތުތަކުން އެކަން ފެންނަން އޮންނަންޖެހޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، އެންމެންނަށްވެސް ބައިވެރިވެވޭފަދަ ދެމެހެއްޓެނިވި ތަރައްގީއެއް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އެގޮތުން އޯޓިޒަމް ހުންނަ ފަރާތްތަކަށް ފެންވަރު ރަނގަޅު ތައުލީމާއި، ސިއްހީ ހިދުމަތްތަކާއި، ކުރިއަށް ދިއުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ފަސްޓް ލޭޑީ ސިފަކުރެއްވިއެވެ. އަދި މިފަދަ ހުރަސްތައް ނައްތާލުމުން ނޫނީ ކޮންމެ މީހަކަށްވެސް ހަމަހަމަ ހައްގުތަކާއި މިނިވަންކަމާއެކު އުފާވެރި ދިރިއުޅުމެއް ނުއުޅެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާގެ މެސެޖުގައި، އޯޓިޒަމް ދުވަސް ފާހަގަކުރަމުންދާއިރު، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މިފަދަ ކުދިންނާއި މީހުންނަށް ބޭނުންވާ ހާއްސަ އެހީތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ މުޖުތަމައުގެ ކުރިއެރުމަށް އެޅޭ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެނުންނަކީ ކަންކަމުގައި ކެތްތެރިކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރުވެސް ލިބިފައިވާ ބައެއް: މެޑަމް ސާޖިދާޚަބަރު | މަހެއް ކުރިންއޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެވެސް މުހިންމު ބައެއް: މެޑަމް ސާޖިދާޚަބަރު | 2 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ލިބުމުން މުޅި ގައުމާއި އާއިލާތަކަށް އޭގެ ފައިދާ ލިބޭ: ފަސްޓްލޭޑީޚަބަރު | 5 މަސް ކުރިންއަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކޮށްފި ޚަބަރު | 6 މަސް ކުރިން