logo
Bank of Maldives

Bank of Maldives

ޚަބަރު

އަންހެނުންނަކީ ކަންކަމުގައި ކެތްތެރިކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރުވެސް ލިބިފައިވާ ބައެއް: މެޑަމް ސާޖިދާ

ޒިދާން މުޙައްމަދު
27 އޭޕްރީލު 2026 - 17:21
އަންހެނުންނަކީ ކަންކަމުގައި ކެތްތެރިކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރުވެސް ލިބިފައިވާ ބައެއް: މެޑަމް ސާޖިދާ

އަންހެނުންނަކީ ކަންކަމުގައި ކެތްތެރިކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރުވެސް ލިބިފައިވާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ވިދާޅުވީ މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ (2026-2028) އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަަކަފުޅުގައެވެ.

އެކަމަނާ ވިދާޅުވީ މީގެކުރިން ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްސަ ދާއިރާއެއްކަން ބެލެވުނުނަމަވެސް މިއަދު އެ ވިސްނުން ބަދަލުކޮށް އަންހެނުންގެ ފުރިހަމަ ބައިވެރިވުން ކަށަވަރުކުރަންޖެހޭ ކަމަށާއި ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމެއް ނޫންކަމަށެެ. އެއީ އަންހެން އޮފިސަރުންގެ ބައިވެރިވުން ބޮޑުވުމަކީ މުޖުތަމައުގައި އާންމުންގެ އިތުބާރާއި އެއްބާރުލުން އިތުރުވެ، ޚާއްސަކޮށް ޖިންސީ އަނިޔާއާއި ގެވެށި އަނިޔާފަދަ ނާޒުކު އަދި ހައްސާސް މައްސަލަތަކަށް ދެވޭ އިޖާބަ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، އަންހެނުންނަކީ ގުދުރަތީގޮތުންވެސް ކަންކަމުގައި ކެތްތެރިކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރުވެސް ލިބިފައިވާ ބައެއް ކަމަށެވެ. އެހެންކަމުން އެއީ އަމަން ބެލެހެއްޓުމަށްވެސް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށާއި މި ކޮމިޓީގެ ދަޢުރުގައި މޯލްޑިވްްސް ޕޮލިސް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭންއާ އެއްގޮތަށް އެފަދަ ކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ އަންހެނުން މިދާއިރާއަށް ޝައުގުވެރިކުރުވައި އެކަނބަލުންނަށް ވަޒީފާގައި ދެމިތިބެވޭނެ ފަދަ އާޢިލީ ޒިންމާތަކާއި އެކަށޭނެ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒްކުރުން މުހިއްމު ކަމަށެވެ. އަދި ހަމައެކަނި އިދާރީ މަސައްކަތްތަކުގައި އަންހެނުން ދެމިތިބުމުގެ ބަދަލުގައި ފްރަންޓްލައިން އޮޕަރޭޝަންތަކުގައާއި މައްސަލަތައް ތަޙްޤީގުކުރުމުގައާއި ޓެކްނިކަލް ދާއިރާތަކުން އަންހެން އޮފިސަރުންގެ ޤާބިލްކަން އިތުރުކުރުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވިދާޅުވީ ތަޖުރިބާކާރު އޮފިސަރުންގެ ފަރާތުން އައު އޮފިސަރުންނަށް އިރުޝާދު ދޭނެ ހަރުދަނާ ނިޒާމެއް ބިނާކޮށް އޮފިސަރުންނަށް ކުރިއަށް ދިއުމުގައި ދަތުރުކުރެވޭނެ މަގު ދެއްކުމާއި އެކި ސިޔާސަތުތަކާ ބެހޭ ކަންކަން ނިންމާ ކޮމިޓީތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކޮށް އަންހެނުންގެ ބައިވެރިކުރުވުމުގެ ރޫޙް އާލާ ކުރުމަކީވެސް ވަރަށް ބޮޑަށް އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތަކުގައި ޚާއްސަކޮށް ތައުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގައި ވަޒީފާ އަދާކުރަމުން ގެންދާ އަންހެނުންގެ އަދަދު ނިސްބަތުން މަތިކަމަށެވެ. ނަމަވެސް ފުލުހުންގެ ތެރޭގައި ޚިދުމަތް ކުރަމުންދާ އަންހެނުންގެ އަދަދު މަދުކަމަށާއި މިކަމާ ދޭތެރޭގައި ފުޅާ ދާއިރާއެއްގައި ވިސްނަންޖެހޭކަމަށްވެސް ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އަންހެން ފުލުހުން އިތުރުކުރުމަށް ފުލުހުންގެ ޚިދުމަތުންނާއި މޯލްޑިވްސް ވިމެން އިން ޕޮލިސިންއިންވެސް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދިނުމަށްވެސް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެނުންނަކީ ކަންކަމުގައި ކެތްތެރިކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރުވެސް ލިބިފައިވާ ބައެއް: މެޑަމް ސާޖިދާޚަބަރު | ގަޑިއިރެއް ކުރިންއޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެވެސް މުހިންމު ބައެއް: މެޑަމް ސާޖިދާޚަބަރު | 25 ދުވަސް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ލިބުމުން މުޅި ގައުމާއި އާއިލާތަކަށް އޭގެ ފައިދާ ލިބޭ: ފަސްޓްލޭޑީޚަބަރު | 5 މަސް ކުރިންއަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކޮށްފި ޚަބަރު | 5 މަސް ކުރިން