logo
Bank of Maldives

Bank of Maldives

ޚަބަރު

ނިއޯނޭޓަލް ޚިދުމަތް ހަރުދަނާކުރުމަށްޓަކައި، ޒަމާނީ އާލަތްތަކާ އެކު މީހުން ބިނާ ކުރަންޖެހޭ: މެޑަމް ސާޖިދާ

އަޙުމަދު ރިޝާން
21 ސެޕްޓެމްބަރު 2026 - 05:37
ނިއޯނޭޓަލް ޚިދުމަތް ހަރުދަނާކުރުމަށްޓަކައި، ޒަމާނީ އާލަތްތަކާ އެކު މީހުން ބިނާ ކުރަންޖެހޭ: މެޑަމް ސާޖިދާ

ނިއޯނޭޓަލް ޚިދުމަތްދޭ ދާއިރާ ހަރުދަނާކުރުމަށްޓަކައި ޒަމާނީ އާލަތްތައް ހޯދުމުގެ އިތުރުން އެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ "ނިއޯކެއަރ ކޮންފަރެންސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކި  ވާހަކަފުޅުގައެވެ. މި ވާހަކަފުޅުގައި ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ފެށިގެން އައިރު ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، މިދާއިރާއިން މިހާރު މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޑޮކްޓަރުންގެ ނިންމުންތަކާއި ނަރުހުންގެ އަޅާލުމާއެކު ދެވޭ ހިތްވަރަކީ މައިންބަފައިންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގެ އެންމެ ހާއްސަ އެއް ކަމެއްގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ނިއޯކެއަރ އަދި އެންއައިސީޔޫ ނިއުސް ބްލެޓިން" އިފްތިތާހުކޮށްދެއްވާފައެވެ.

ކޮންމެ ތަނެއްގައި އުފަންވާ ކުއްޖަކަށްވެސް އެކުއްޖާއަށް ބޭނުންވާ ފުރިހަމަ ސިއްޙީ ޚިދުމަތާއި ރައްކާތެރިކަން ލިބިދޭންޖެހޭކަން ފާހަގަކުރައްވަމުން، ފަސްޓް ލޭޑީ ވިދާޅުވީ އެ ޚިދުމަތްތައް ފޯރުކޮށްދެވޭނީ ސިއްޙީ ސާމާނުގެ އިތުރުން އެކަމަށް ތަމްރީންވެފައިވާ ޚިދުމަތްތެރިންވެސް ލިބިގެން ކަމަށެވެ. އެގޮތުން ހަމައެކަނި ޓެކްނޮލޮޖީއިން ފުރާނައެއް ސަލާމަތް ނުކުރެވޭނެ ކަމަށާއި، މެޝިނަކުން ހިތުގެ ވިންދު މޮނިޓަރ ކުރެވުނު ނަމަވެސް ހިތުގެ ތެޅުން ކިޔައިދޭ އެއްޗެއްೆގަތުމަށް ތަމްރީން ލިބިފައިވާ މީހުން ބޭނުންވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޚިދުމަތް ދިނުމުގައި ދާއިމީ ތަމްރީނާއި، މެންޓަރޝިޕް އަދި އެކަކު އަނެކަކުގެ ކިބައިން ދަސްކުރުމުގެ ފުރުޞަތުތައް މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.

 މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވަނީ ކުރިއަށް އޮތްތަނުގައި ނިއޯކެއާގެ ޚިދުމަތް ޤައުމީ ފެންވަރުގައި އިތުރަށް ކުރިއަރައިދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މިއަދު އުފަންވާ ކުދިންގެ އިތުރުން މާދަމާ އުފަންވާނެ ކޮންމެ ކުއްޖަކަށްވެސް ފުރިހަމަ ފަރުވާ ކަށަވަރުކޮށްދިނުމަށް އެންމެން ގުޅިގެން ޢަޒުމް ކަނޑައަޅަންޖެހޭކަމަށް ވިދާޅުވިއެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއޯނޭޓަލް ޚިދުމަތް ހަރުދަނާކުރުމަށްޓަކައި، ޒަމާނީ އާލަތްތަކާ އެކު މީހުން ބިނާ ކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | ގަޑިއިރެއް ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 3 މަސް ކުރިންއަންހެނުންނަކީ ކަންކަމުގައި ކެތްތެރިކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރުވެސް ލިބިފައިވާ ބައެއް: މެޑަމް ސާޖިދާޚަބަރު | 5 މަސް ކުރިންއޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެވެސް މުހިންމު ބައެއް: މެޑަމް ސާޖިދާޚަބަރު | 6 މަސް ކުރިން