logoEN
ޚަބަރު

ރައީސް މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އިސްލާމީ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށަނީ

ށ. ފޯކައިދޫގައި އަޅާ އިސްލާމީ މަރުކަޒު ހިމެނޭހެން 11 ރަށެއްގައި މިސްކިތާއި 2 ރަށެއްގައި ޤުރުއާނާއި ބެހޭ މަރުކަޒެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކެކެވެ.

މިއަދު އިސްލާމީ މަރުކަޒު ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ފެނެކަ ކޯޕަރޭޝަންއަށް 11 މަޝްރޫޢު ހަވާލުކޮށްފައިވާއިރު އެމްޓީސީސީއަށް 3 މަޝްރޫއެއް ވަނީ ހަވާލުކޮށްފަ އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހު އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައުދީއެވެ.

މި މަޝްރޫޢުތަކުގެ ދަށުން ޤުރުއާނާބެހޭ މަރުކަޒުގެ ދެ ގޮފި އިމާރާތްކުރުމަށާއި، އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށާއި، 11 މިސްކިތެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޤުރުއާނާ ބެހޭ މަރުކަޒުތަކުގައި ތިން ކުލާސް ރޫމާއި ލައިބްރަރީ އަދި ހޯލު ހިމެނެއެވެ. އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ޖަލްސާކުރާ ހޯލާއި ލައިބްރަރީ، ކުލާސް ރޫމް ހިމެނޭނޭއިރު މިސްކިތްތައް ސޯލާ އާއި އޭސީ ހަރުކޮށް ވައިނިލް ފްލޯރިންގ އަޅައި، ޤުރުއާން ކިޔަވައިދޭ ކުލާހެއް މިސްކިތުގައި ހެދުމަށް ވަނީ ނިންމާފަ އެވެ.

މި މަޝްރޫޢުގެ ދަށުން އަޅާ މިސްކިއްތަކަށް ޚަރަދުކުރަން ހަމަޖެހިފައިވަނީ ސަރުކާރުންނެވެ.

މި މަޝްރޫއުގެ ދަށޫން މިސްކިތް ބިނާކުރާ ރަށްތަކަކީ:

ށ. ނޫމަރާހދ. ނެއްލައިދޫތ. ހިރިލަންދޫރ. އިނގުރައިދޫސ. ފޭދޫބ. ކުޑަރިކިލުނ. ހެނބަދޫތ. ވޭމަންޑޫބ. މާޅޮސްއއ. ފެރިދޫހއ. ބާރަށް

ކޮމެންޓް

871x217_placeholder