ހަނިމާދޫއިން ބެންގަލޫރަށް ސީދާ ދަތުރުތައް ފަށަނީ


16 މާރިޗު 2025 - 07:44
ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި އިންޑިއާގެ ބެންގަލޫރު އާ ދެމެދު އައު ދަތުރުތަކެއް ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.މި ދަތުރުތަކުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގެ ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރުމަށް ފަސޭހަވެ އިންޑިއާގެ ފަތުރުވެރިންނަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެއެވެ.މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. މި ރޫޓުގައި ހަފްތާއަކު ދެ ފްލައިޓް އޮޕަރޭޓްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހަކު ދަތުރުތައް ކުރިއަށްދާނެއެވެ. މި ތާވަލު ރޭވިފައިވަނީ ޗުއްޓީ ހޭދަކުރުމަށް އަދި ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ ފަސިންޖަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެންކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެއެވެ.ދަތުރުތަކާ ގުޅިގެން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިލްޔާސް ވިދާޅުވީ މި އައު ޚިދުމަތުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ޘަޤާފީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށެވެ.
" ތިރުވަނަންތަޕުރަމް އާއި ހަނިމާދޫ އާ ދެމެދު މިހާރުވެސް އަޅުގަނޑުމެން ދެމުންދާ ޚިދުމަތާއެކު، އުތުރުގެ ރަށްތަކާއި މުހިންމު ސަރަޙައްދީ މަންޒިލުތަކާ ދެމެދު ގުޅުން ޤާއިމުކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ."
މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް ބައިނަލްއަގްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.
އިތުރު ލިޔުންތައް

"މޯލްޑިވިއަން ގްރީން ހޮރައިޒަން އިނިޝިއޭޓިވް" އިފްތިތާޙުކޮށްފި
8 މަސް ކުރިން
މޯލްޑިވިއަންގެ ފްލައިޓެއް ސްޓާޓް ނުވެގެން ފުރުން ލަސްކޮށް، ފަސިންޖަރުން ބާލައިފި
7 މަސް ކުރިން
ކޫއްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށް މަޝްވަރާކޮށްފި
7 މަސް ކުރިން