logo
Bank of Maldives

Bank of Maldives

ދުނިޔެ

ކުވައިތުގައި ސަލާންޖަހާ ބޭރު މީހުން ޑީޕޯޓްކުރަން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 މާރިޗު 2025 - 09:51
 ކުވައިތުގައި ސަލާންޖަހާ ބޭރު މީހުން ޑީޕޯޓްކުރަން ފަށައިފި

ކުވައިތުގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުން މަގުމަތީގައި ސަލާންޖަހައިގެން ފައިސާ ހޯދުމުގެ ޣައިރު ގާނޫނީ މައްސަލަ އިތުރުވަމުންދާތީ، މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ސަލާންޖަހާ މީހުން އެމީހުން ނިސްބަތްވާ ގައުމުތަކަށް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ކުވައިތު ސަރުކާރުން ހާމަކޮށްފިއެވެ.

ކުވައިތުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިހާތަނަށް 11 މީހަކު ޑީޕޯޓްކޮށްފޓްކޮށްފައިވާ ކަމަށާއި، މި މަސައްކަތް ދަނީ ކުރިއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުވައިތުގައި ސަލާންޖެހުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށްވީ ނަމަވެސް، ޚާއްޞަކޮށް ރަމަޟާން މަހު މިސްކިތްތަކާއި ބާޒާރުތަކުގައި ބޭރު ގައުމުތަކުގެ މީހުން ސަލާންޖެހުމުގެ އަމަލުތައް ވަރަށް ގިނައިން ހިންގަމުން ގެންދާތީ، މިކަން ވަނީ އިޖުތިމާއީ އުނދަގުލަކަށް ވެފައެވެ.

ކުވައިތުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަރުކާރުން މިފަދަ ފިޔަވަޅުތައް އަޅަން ފަށާފައިވަނީ ފަތުރުވެރިންގެ ގޮތުގައި ނުވަތަ ވިޒިޓް ވިސާގައި ކުވައިތަށް އައިސް ވަގުތީ ގޮތުން ދިރިއުޅޭ ބޭރު މީހުން މަގުތަކާއި އާންމު ތަންތަނުގައި ސަލާންޖެހުމުގެ މައްސަލަ މި ރޯދަމަހު އާދަޔާ ޚިލާފަށް އިތުރުވެފައިވާތީއެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ކުވައިތުގެ މަގުތަކާއި އާންމު ތަންތަނުގައި ސަލާންޖެހުމުގެ މައްސަލަ ކޮންޓްރޯލްކުރެވި، އާންމު ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މަދުވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. އަދި މި ފިޔަވަޅުތަކަކީ ގާނޫނާ ޚިލާފަށް ހިންގޭ އަމަލުތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާލިބާނުން ނުރުހުނަސް އަފްޣާން ރައްޔިތުންނަށް އެހީ ތެރިވުމުގައި ދެމިތިބޭނަން: ޕާކިސްތާންދުނިޔެ | 3 ދުވަސް ކުރިންޕާކިސްތާން-އަފްޣާނިސްތާން ބޯޑަރުގައި ހަމަލާ ބަދުކޮށް, ތާލިބާނުންގެ އިންޒާރު ޕާކިސްތާނަށްދުނިޔެ | 4 ދުވަސް ކުރިންއިސްތިއުފާދެއްވި ބޮޑިވަޒީރު ހަތަރު ދުވަސް ފަހުން އަލުން ފްރާންސްގެ ބޮޑުވަޒީރުކަމަށްދުނިޔެ | 5 ދުވަސް ކުރިން ކުވައިތުގައި ސަލާންޖަހާ ބޭރު މީހުން ޑީޕޯޓްކުރަން ފަށައިފިދުނިޔެ | 7 މަސް ކުރިން