logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްތިއުފާދެއްވި ފްރާންސްގެ ބޮޑުވަޒީރު ހަތަރު ދުވަސް ފަހުން އަލުން ބޮޑުވަޒީރުކަމަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
11 އޮކްޓޯބަރު 2025 - 08:59
އިސްތިއުފާދެއްވި ބޮޑިވަޒީރު ހަތަރު ދުވަސް ފަހުން އަލުން ފްރާންސްގެ ބޮޑުވަޒީރުކަމަށް

ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން، އިސްތިއުފާ ދެއްވި އެ ގައުމުގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނު އަލުން އެ މަގާމަށް އައްޔަންކޮށްފައެވެ.

މިއީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެންމެ ހަތަރު ދުވަސް ފަހުން އައި ކުއްލި ބަދަލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެކްރޯން މި ނިންމުން އިއުލާންކުރެއްވީ ހުކުރު ދުވަހުގެ ރޭގަނޑު ލަސްވަރުގައި މައި ޕާޓީތަކާއެކު އެލިސީ ގަނޑުވަރުގައި ބޭއްވި ބައްދަލުވުމަކަށްފަހުއެވެ. އެލިސީ ގަނޑުވަރުން މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ވަނީ ލެކޯނުއާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައެވެ. އަދި އޭނާއަށް "ފުރިހަމަ މިނިވަންކަން" ދީފައިވާ ކަމަށް މެކްރޯންގެ ގާތް ފަރާތްތަކުން ބުނެއެވެ.

ލެކޯނުއަކީ މެކްރޯންގެ އެންމެ ވަފާތެރި އެއް އެލައި ކަމަށްވާއިރު، އޭނާގެ އަލުން އައްޔަންކުރުމަކީ ގިނަ ބަޔަކަށް ލިބުނު ޝޮކެކެވެ. އެއީ އޭނާ ދެ ދުވަސްކުރިން ޤައުމީ ޓީވީގައި ވިދާޅުވެފައިވަނީ އޭނާ "އެ މަޤާމަށް ނުދާނެ" ކަމަށާއި އޭނާގެ "މިޝަން ނިމިފައިވާ" ކަމަށެވެ.

 "ރައީސް އަޅުގަނޑާ ހަވާލުކުރެއްވި މިޝަން އަޅުގަނޑު ޤަބޫލުކުރަނީ ވާޖިބެއްގެ ގޮތުން، އަހަރު ނިމުމުގެ ކުރިން ފްރާންސްއަށް ބަޖެޓެއް ހޯދައިދިނުމަށާއި އަޅުގަނޑުމެންގެ ރައްޔިތުންގެ ދުވަހުން ދުވަހަށް ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް" އެކްސްގައި ނެރުއްވި ދިގު ބަޔާނެއްގައި ލެކޯނު ވިދާޅުވެފަވެއެވެ.

ލެކޯނުގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހޯމަ ދުވަހުގެ ކުރިން އަންނަ އަހަރުގެ ބަޖެޓު ޕާލިމަންޓަށް ހުށަހެޅުމެވެ. އަދި މިކަމަށްޓަކައި އޭނާއަށް ސަރުކާރެއް އެކުލަވާލެވޭނެކަން މިވަގުތު ކަށަވަރެއް ނޫނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާގައި އިންސާނުންގެ އުމުރު 150 އަހަރަށް ދިގުކުރުމަށް ބޭހެއް އީޖާދުކުރަނީޚަބަރު | 4 ދުވަސް ކުރިންޖަޕާނުގެ އުތުރު ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއްޚަބަރު | 5 ދުވަސް ކުރިންވެނެޒުއޭލާގެ ރައީސް މަދޫރޯ އަވަހާރަކޮށްލެވޭނެ ގޮތްތައް ޓްރަމްޕް ދަނީ ވަޒަންކުރަމުން: ރިޕޯޓްޚަބަރު | 9 ދުވަސް ކުރިންގާޒާގައި އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންނާ ގުޅެން މެލޭޝިއާ ތައްޔާރު: އަންވަރުދުނިޔެ | 18 ދުވަސް ކުރިން