logo
Bank of Maldives

Bank of Maldives

ދުނިޔެ

ތާލިބާނުން ނުރުހުނަސް އަފްޣާން ރައްޔިތުންނަށް ތައުލީމާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ދެމިތިބޭނަން: ޕާކިސްތާން

މުހައްމަދު މޫސާމުހައްމަދު މޫސާ
13 އޮކްޓޯބަރު 2025 - 05:21
 ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ
ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ

އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުން ނުރުހުނަސް އެ ގައުމުގެ ރައްޔިތުންނަށް ތަޢުލީމީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޕާކިސްތާނުން ދެމިތިބޭނެކަމަށް ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނާދެމެދު ހަނގުރާމައިގެ ހާލަތެއް އުފެދިފައިވާއިރު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ ވިދާޅުވީ، ޕާކިސްތާނުގެ ޤައުމީ މަސްލަހަތާއި، ސަރަހައްދީ މިނިވަންކަމާއި ސަލާމަތަށް ރައްކާތެރިވުމަށް ޕާކިސްތާނުން ދެމިތިބޭނެ ކަމަށެވެ. އަދި އަފްޣާނިސްތާނުގެ ބިމުން ޕާކިސްތާނާ ދެކޮޅަށް ހަރަކާތްތެރިވާ ''ޓެރަރިސްޓުންނާ'' މެދު ފިޔަވަޅު އެޅުމަށް ރައީސް ޒަރުދާރީ ވަނީ ގޮވާލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާކިސްތާނު ރައީސް ވިދާޅުވީ ތާލިބާނުން ނުރުހުނަސް އަފްޣާން ރައްޔިތުންނަށް އެ ގައުމުން އެހީތެރިވާނެއެވެ. ޚާއްޞަކޮށް ތަޢުލީމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ކުރިއަށް ގެންދާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުން އަފްޣާނިސްތާނަށް ހަމަލާދިންކަމަށް ބުނެ އުފެދުނު ނުތަނަވަސްކަމުގައި ދެގައުމުގެ ބޯޑަރުގައި ހަމަލާ ބަދަލުކޮށްފައިވާއިރު، ޕާކިސްތާނުގެ މިލިޓަރީން ހާމަކުރި ގޮތުގައި ބޯޑަރުގައި ރޭގަނޑު ހިނގި ހަމަލާތަކުގައި 200 އަށްވުރެ ގިނަ ޓެލިބާން އަދި އެހެނިހެން ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށާއި، އެމީހުންގެ 23 ސިފައިން ޝަހީދުވެ، 20 ސިފައިންނަށް އަނިޔާވެފައިވެއެވެ. އަދި ޓެލިބާނުންގެ މަރުކަޒުތަކާއި، ކޭމްޕްތަކާއި، މައި އޮފީސްތަކާއި އަދި އެހީތެރިކަން ފޯރުކޮށްދޭ ވިއުގަތަކަށް ގެއްލުން ދެވިފައިވާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް، އަފްޣާނިސްތާނުން ބުނެފައިވާ ގޮތުގައި މި ހަނގުރާމައިގައި ޕާކިސްތާނުގެ 58 ސިފައިން މަރާލެވިފައިވެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ޤަޠަރާއި ސަޢޫދީ ޢަރަބިއްޔާއިން ވަނީ ބޯޑަރުގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކޮށް، ހަމަޖެހުމަށް ގޮވާލާފައެވެ. އަދި އީރާނުން ބުނެފައިވަނީ މި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުން މަޑުޖައްސާލުމަށް އެހީތެރިވުމަށް ތައްޔާރަށް ތިބިކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަތުރުކުރި ކުޑަ މަތިންދާބޯޓު ވެއްޓި އެމެރިކާގެ މަޖިލިސް މެމްބަރަކު މަރުވެއްޖެދުނިޔެ | 3 ދުވަސް ކުރިންއެމެރިކާ އާއި އީރާނުގެ މެދުގައި މަތީ ފަންތީގެ ސުލްޙައިގެ މަޝްވަރާތައް ފަށައިފިދުނިޔެ | 19 ދުވަސް ކުރިންއެމެރިކާ އާއި އިޒްރޭލަށް "އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިދުނިޔެ | 20 ދުވަސް ކުރިންއެމެޒޯން އިން ކޮންމެ ކަސްޓަމަރެއްގެ އަތުން %3.5 ފިއުލް-ލޮޖިސްޓިކްސް ސާޗާޖެއް ނަގަން ނިންމައިފިދުނިޔެ | މަހެއް ކުރިން