logo
MPL

MPL

ދުނިޔެ

އެމެރިކާ އާއި އީރާނުގެ މެދުގައި މަތީ ފަންތީގެ ސުލްޙައިގެ މަޝްވަރާތައް އިސްލާމްއާބާދުގައި ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 އޭޕްރީލު 2026 - 12:27
އެމެރިކާ އާއި އީރާނުގެ މެދުގައި މަތީ ފަންތީގެ ސުލްޙައިގެ މަޝްވަރާތައް ފަށައިފި

އެމެރިކާ އާއި އީރާނުގެ މެދުގައި ދާއިމީ ސުލްޙައެއް ޤާއިމުކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ މަޝްވަރާތައް ޕާކިސްތާނުގެ އިސްލާމްއާބާދުގައި ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދަނީ ޕާކިސްތާނުގެ މެދުވެރިން މެދުވެރިކޮށް، ދެ ގައުމުގެ ވަފުދުތައް ސީދާ ބައްދަލުނުކުރާ ގޮތަށެވެ.

މި ބައްދަލުވުންތަކުގައި އެމެރިކާގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ނައިބު ރައީސް ޖޭޑީ ވެންސް އެވެ. އީރާނުގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް އާއި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެވެ. މީގެ އިތުރުން އީރާނުގެ ވަފުދުގައި ނިއުކްލިއަރ އަދި ސަލާމަތީ ދާއިރާގެ ގިނަ އަދަދެއްގެ ތަޖުރިބާކާރުން ހިމެނޭކަން ފާހަގަކުރެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްވަރާތަކަށް ހުރި އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރެވެނީ ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކެވެ. އީރާނުން ބާރުއަޅަމުންދަނީ ދާއިމީ އެއްބަސްވުމަކަށް އައުމުގެ ކުރިން މި ހަމަލާތައް ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި އެމެރިކާއިން އިސްރާއީލުގެ މަސްލަޙަތަށްވުރެ އެމެރިކާގެ އަމިއްލަ މަސްލަޙަތަށް އިސްކަންދީފިނަމަ، ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު ބޮޑުކަމަށް އީރާނުން ދެކެއެވެ.

މި ބައްދަލުވުންތަކާ ގުޅިގެން ސަރަޙައްދީ އިޤްތިޞާދީ ކަންކަމަށްވެސް ވަނީ ބޮޑު ސަމާލުކަމެއް ހުއްޓިފައެވެ. ސައުދީ އަރަބިއްޔާ އާއި ޗައިނާ ފަދަ ގައުމުތަކުގެ މަންދޫބުންވެސް މިވަގުތު އިސްލާމްއާބާދުގައި ތިއްބެވިއިރު، މަޝްވަރާތައް ކާމިޔާބުވެ ސުލްޙަ ގާއިމުވެއްޖެނަމަ ސަރަޙައްދަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުން އިންޒާރު ދެމުންދަނީ ހޮރްމޫޒް ކަނޑުއޮޅި އާންމު ޙާލަތަށް ނުގެނެވިއްޖެނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ ދަތިކަން ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން މި މަޝްވަރާތަކުގެ ނަތީޖާއަކީ މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް މުހިންމު އަސަރުތަކެއް ކުރާނެ ކަމެއް ކަމުގައި މުޙައްލިލުން ފާހަގަކުރެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާންގެ ފަސް ޔުނިވަސިޓީއަކާއެކު އެއްބަސްވުންތަކެއް ހަދައިފިޚަބަރު | 10 ދުވަސް ކުރިންކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުޚަބަރު | 15 ދުވަސް ކުރިންރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ޕާކިސްތާނުން ރައީސްގެ ދެ ކަނބަލުންނަށް ހޫނު މަރުޙަބާއެއްޚަބަރު | 16 ދުވަސް ކުރިންއީރާނާ އެކު ކުރިއަށްދިޔަ ވާހަކަތައް ހުއްޓާލުމަށް ޓްރަމްޕް އަމުރުކުރައްވައިފިދުނިޔެ | 3 މަސް ކުރިން