logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެޒޯން އިން ކޮންމެ ކަސްޓަމަރެއްގެ އަތުން 3.5 އިންސައްތައިގެ ފިއުލް-ލޮޖިސްޓިކްސް ސާޗާޖެއް ނަގަން ނިންމައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޭޕްރީލު 2026 - 02:37
އެމެޒޯން އިން ކޮންމެ ކަސްޓަމަރެއްގެ އަތުން %3.5 ފިއުލް-ލޮޖިސްޓިކްސް ސާޗާޖެއް ނަގަން ނިންމައިފި

މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އޮޕަރޭޝަނަލް ޚަރަދުތައް އިތުރުވުމުން، އޭޕްރީލް 17 އިން ފެށިގެން ސެލަރުންގެ ފުލްފިލްމަންޓް ފީގެ އިތުރަށް 3.5 އިންސައްތައިގެ ފިއުލް އަދި ލޮޖިސްޓިކްސް ޗާޖެއް ނަގަން ފަށަށް އެމެޒޯން އިން ނިންމައިފިއެވެ.

އީ-ކޮމާސްގެ މި ބޮޑު ކުންފުނިން ބުރާސްފަތި ދުވަހު އެ ކުންފުނީގެ މާޗަންޓް ޕާޓްނަރުންނަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، މި ސާޗާޖު ނަގާނީ އެމެރިކާ އަދި ކެނެޑާގައި "ފުލްފިލްމަންޓް ބައި އެމެޒޯން" (އެފްބީއޭ) ފީތަކުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، އެމެރިކާއިން ކެނެޑާ، މެކްސިކޯ އަދި ބްރެޒިލަށް ކުރާ ރިމޯޓް ފުލްފިލްމަންޓް ޚިދުމަތްތަކަށްވެސް މި ފީ ހިނގާނެއެވެ.

ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އެމެރިކާގައި، ހަނގުރާމަ ފެށުނުތާ ހަތަރު ހަފުތާގެ ތެރޭގައި ކޮމަން ރީޓެއިލް ޕެޓްރޯލްގެ އަގު ގާތްގަނޑަކަށް 36 އިންސައްތަ ވަނީ މަތިވެފައެވެ.

މީގެ މަހެއްހާ ދުވަސް ކުރިން 2.98 ޑޮލަރަށް ހުރި ޕެޓްރޯލް ގެލަނެއްގެ އަގު މިހާރު ވަނީ 4.1 ޑޮލަރަށް އަރާފައެވެ.

ކަނޑުގެ ދަތުރުފަތުރުގެ މަގުތަކަށް ބުރޫއެރުމުގެ ސަބަބުން ޑީސަލްގެ އަގު ވަނީ މިއަށްވުރެ ވެސް ބޮޑަށް އުފުލިފައެވެ. އެގޮތުން ޑީސަލްގެ އަގު 46 އިންސައްތަ މަތިވެ، ގެލަނެއްގެ އަގު ވަނީ 5.5 ޑޮލަރަށް އަރާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވީ މި ފަހަކަށް އައިސް ގައުމުގެ އެތެރޭގައި ޕެޓްރޯލްގެ އަގު އުފުލެމުންދާތީ ގިނަ އެމެރިކާ ރައްޔިތުން ތިބީ ކަންބޮޑުވެފައިކަމަށެވެ.

"މި ކުރު މުއްދަތުގެ އިތުރުވުމަކީ މުޅިންވެސް އީރާނުގެ ސަރުކާރުން، މި ހަމަނުޖެހުމާ އެއްވެސް ގުޅުމެއް ނެތް އަވަށްޓެރި ގައުމުތަކުގެ ވިޔަފާރި ތެޔޮ ޓޭންކަރުތަކަށް ދެމުންދާ ބިރުވެރި ޓެރަރިސްޓް ހަމަލާތަކުގެ ނަތީޖާއެވެ." އޭނާ ވިދާޅުވެފަވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުދުސްގައި ސޯމާލީލޭންޑްގެ އެމްބަސީއެއް ހުޅުވި މައްސަލަ 19 އިސްލާމީ ގައުމަކުން ކުށްވެރިކޮށްފިދުނިޔެ | 2 ގަޑިއިރު ކުރިންދަތުރުކުރި ކުޑަ މަތިންދާބޯޓު ވެއްޓި އެމެރިކާގެ މަޖިލިސް މެމްބަރަކު މަރުވެއްޖެދުނިޔެ | މަހެއް ކުރިންއެމެރިކާ އާއި އިޒްރޭލަށް "އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިދުނިޔެ | މަހެއް ކުރިންއެމެޒޯން އިން ކޮންމެ ކަސްޓަމަރެއްގެ އަތުން %3.5 ފިއުލް-ލޮޖިސްޓިކްސް ސާޗާޖެއް ނަގަން ނިންމައިފިދުނިޔެ | 2 މަސް ކުރިން