logo
Bank of Maldives

Bank of Maldives

ދުނިޔެ

ދަތުރުކުރި ކުޑަ މަތިންދާބޯޓު ވެއްޓި އެމެރިކާގެ މަޖިލިސް މެމްބަރަކު މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޭޕްރީލު 2026 - 05:57
އެމެރިކާގެ ނޯތު ޑަކޯޓާގެ ސްޓޭޓް ރެޕްރެޒެންޓޭޓިވް ލިޒް ކޮންމީ
އެމެރިކާގެ ނޯތު ޑަކޯޓާގެ ސްޓޭޓް ރެޕްރެޒެންޓޭޓިވް ލިޒް ކޮންމީ

އެމެރިކާގެ ނޯތު ޑަކޯޓާގެ ސްޓޭޓް ރެޕްރެޒެންޓޭޓިވް ލިޒް ކޮންމީ، މިދިޔަ ހޮނިހިރު ދުވަހު މިނެސޯޓާގައި ހިނގި ކުޑަ މަތިންދާ ބޯޓު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ކްރިސްޓަލް އެއާޕޯޓުން މަތިންދާބޯޓު ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބްރޫކްލިން ޕާކް ސަރަހައްދުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބޯޓުގައި ދަތުރުކުރީ ކޮންމީގެ އިތުރުން ބޯޓު ދުއްވަން އިން ޕައިލެޓް އެކަންޏެވެ. މި ހާދިސާގައި ދެމީހުންވެސް ވަނީ މަރުވެފައެވެ. ހާދިސާ ހިނގިތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި ފުލުހުންނާއި ފަޔަރު ޑިޕާޓްމަންޓުން އެ ސަރަހައްދަށް ދިޔަ ނަމަވެސް، ބޯޓުގައި ރޯވެފައިވާ ގަދަ އަލިފާނުގެ ސަބަބުން މީހުން ސަލާމަތްކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މަންޒަރު ދުށް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، ފުލުހުން ވަރަށް އަވަހަށް އެ ސަރަހައްދަށް އައި ނަމަވެސް، ބޯޓުގައި ރޯވެފައިވާ ބޮޑު އަލިފާނުގެ ސަބަބުން އެމީހުންނަށް ބޯޓާ ގާތްނުވެވި، އެހީތެރިކަން ފޯރުކޮށްނުދެވި ތިބެން ޖެހުމަކީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ.

ނޯތު ޑަކޯޓާގެ ސްޓޭޓް ސެނެޓަރ ޓިމް މެތަރން ވަނީ އޭނާގެ އެކުވެރި ކޮލީގުގެ ވަކިވުމާ ގުޅިގެން ބަޔާނެއް ނެރުއްވާފައެވެ.

 "ރެޕްރެޒެންޓޭޓިވް ލިޒް ކޮންމީ އަކީ އަޅުގަނޑުގެ ރަނިންގ މޭޓް އަދި ގާތް އެކުވެރިއެއް. އޭނާއަކީ މަސައްކަތަށް ކެރޭ، ދިރިއުޅުމަށް ލޯބިކުރި ބޭފުޅެއް. އަޅުގަނޑުމެންގެ ޑިމޮކްރަސީއަށް ބޭނުންވަނީ އޭނާ ފަދަ މީހުން،" މެތަރން ވިދާޅުވިއެވެ.

އަދި ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ މެދުގައިވެސް އޭނާއަކީ ގަދަރުވެރި ބޭފުޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ބޯޓުގެ ބައިތައް ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހޯމަ ނުވަތަ އަންގާރަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަތުރުކުރި ކުޑަ މަތިންދާބޯޓު ވެއްޓި އެމެރިކާގެ މަޖިލިސް މެމްބަރަކު މަރުވެއްޖެދުނިޔެ | 2 ގަޑިއިރު ކުރިންއެމެރިކާ އާއި އިޒްރޭލަށް "އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިދުނިޔެ | 17 ދުވަސް ކުރިންއެމެޒޯން އިން ކޮންމެ ކަސްޓަމަރެއްގެ އަތުން %3.5 ފިއުލް-ލޮޖިސްޓިކްސް ސާޗާޖެއް ނަގަން ނިންމައިފިދުނިޔެ | 24 ދުވަސް ކުރިންވޯލްޑްކަޕްގައި އީރާނުން ކުޅޭނެކަން ފީފާއިން ކަށަވަރުކޮށްދީފިކުޅިވަރު | މަހެއް ކުރިން