logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަންނަ ވޯލްޑްކަޕްގައި އީރާނުން ކުޅޭނެކަން ފީފާއިން ކަށަވަރުކޮށްދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 އޭޕްރީލު 2026 - 12:11
ވޯލްޑްކަޕްގައި އީރާނުން ކުޅޭނެކަން ފީފާއިން ކަށަވަރުކޮށްދީފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ޓީމު ބައިވެރިވާނެކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީކޮށް ކަށަވަރުކޮށްދެއްވައިފިއެވެ. އިންފަންޓީނޯ ވިދާޅުވީ މުބާރާތުގެ ރަސްމީ ތާވަލާ އެއްގޮތަށް އީރާނުގެ މެޗުތައް އެމެރިކާގައި ކުރިއަށްދާނެ ކަމަށެވެ.

މިކަން އިންފަންޓީނޯ ހާމަކުރެއްވީ ތުރުކީގެ އަންޓަލްޔާގައި ކޮސްޓަރީކާ އަތުން 5-0 އިން އީރާން މޮޅުވި އެކުވެރިކަމުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ "އީރާން ވޯލްޑް ކަޕްގައި އޮންނާނެ" ކަމަށާއި، މުބާރާތުގެ ގުރުއަތާ އެއްގޮތަށް ކަނޑައެޅިފައިވާ ދަނޑުތަކުގައި މެޗުތައް ކުޅޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންފަންޓީނޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އޭނާ ވަނީ އީރާނުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާ ބައްދަލުކުރައްވާފައެވެ. އަދި މުބާރާތަށް ތައްޔާރުވުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. އީރާނުގެ ގައުމީ ޓީމު މިހާރު އަންޓަލްޔާގައި ތަމްރީނު ކޭމްޕެއް ކުރިއަށްގެންދަނީ 2026 ވަނަ އަހަރުގެ މުބާރާތަށް ތައްޔާރުވުމަށެވެ.

2026 ވަނަ އަހަރުގެ ޖޫން 11 އިން ޖުލައި 19 އަށް އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި މުބާރާތަކީ 48 ޓީމު ބައިވެރިވާ ފުރަތަމަ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕްގެ ތާވަލުގައިވާ ގޮތުން އީރާނުން ޖޫން 15 އަދި 21 ގައި ލޮސް އެންޖެލެސްގައި ނިއުޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ނުކުންނާނެއެވެ. އަދި ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަތަންޔާހޫ އާއި މިލެއިގެ ތާއީދާއެކު ފްލާވިއޯ ބްރެޒިލްގެ ރިޔާސީ ކެމްޕޭން ފައްޓަވައިފިދުނިޔެ | 13 ގަޑިއިރު ކުރިންއީރާނުގެ ބްރިޖުތަކާއި ކަރަންޓު މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފިދުނިޔެ | 4 ދުވަސް ކުރިންއެމެރިކާއާއެކު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ހުށަހެޅުންތަކެއް ވަނީ ލިބިފައި: އީރާންދުނިޔެ | 6 ދުވަސް ކުރިންއިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް އެންޑީ ބާންހަމް އައްޔަންކޮށްފިދުނިޔެ | 6 ދުވަސް ކުރިން