logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާ އާއި ރާއްޖެ ދެމެދު ކުރެވޭ މުއާމަލާތްތަކުގައި ދެ ގައުމުގެ ފައިސާ ބޭނުންކުރުމަށް ހުއްދަ ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 މާރިޗު 2025 - 02:08
އިންޑިއާ އާއި ރާއްޖެ ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭގޮތް ހަދައިފި

ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ގައުމުގެ އަމިއްލަ ފައިސާ ކަމުގައިވާ ދިވެހި ރުފިޔާ އަދި އިންޑިއަން ރުޕީސް ބޭނުންކުރެވޭނެ ގޮތް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ހަމަޖައްސައިފިއެވެ.

މި ނިންމުމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އާރުބީއައިއާ ދެމެދު ވެވުނު ފަހުމުނާމާއެއްގެ ދަށުން އަމަލީ ސިފަ ގެނައުމެވެ. އިންޑިއާގެ މަރުކަޒީ ބޭންކުން އިއްޔެ ނެރުނު ސަރކިއުލާއެއްގައި ބުނެފައިވަނީ މި ނިންމުމާ އެއްގޮތަށް ވަގުތުން އަމަލުކުރެވެން ފެށޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމުމުގެ ދަށުން، ދެ ގައުމު ދެމެދު ކުރެވޭ މާލީ މުއާމަލާތްތަކުގައި އޭސީޔޫ މެކޭނިޒަމްގެ އިތުރުން ދިވެހި ރުފިޔާ އަދި އިންޑިއާ ރުޕީސް ބޭނުންކުރެވޭނެއެވެ. އޭސީޔޫ މެކޭނިޒަމަކީ ސަރަހައްދީ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ މެދުގައި މާލީ މުއާމަލާތްތައް ހިންގުމަށް ބޭނުންކުރާ ނިޒާމެކެވެ. މި ނިޒާމުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބެލަރޫސް، ބޫޓާން، އިންޑިއާ، އީރާން، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ބައިވެރިވެއެވެ.

އިންޑިއާއަކީ ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ތެޔޮ ފަދަ މުހިންމު ތަކެތި އެކްސްޕޯޓްކުރާ މައި ގައުމު ކަމަށްވުމާއެކު، މި އައު ނިންމުމުގެ ސަބަބުން ދެ ގައުމު ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ފައިސާ ދެއްކުމުގެ ކަންކަން ފަސޭހަވެ، ވިޔަފާރީގެ ހަރުދަނާކަން އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

މި ނިންމުމަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އަނެއްކާވެސް ރައްޔިތުންގެ ގާތަށް، މިފަހަރު ލ. އަށްޚަބަރު | ގަޑިއިރެއް ކުރިންރައީސް، ކުޅިވަރުގެ އާއިލާ ހެއްވާލަދީފި. މި ސަރުކާރުން ހުރިހާ ކަމަކަށް ހައްލު ގެނެސްދެއްވާނެ. : މެމްބަރު އަލީ އިބްރާހިމްކުޅިވަރު | 2 ދުވަސް ކުރިންބޭރު ފައިސާއިން ލިބުނު އާމްދަނީ 39 އިންސައްތަ އިތުރުވެއްޖެޚަބަރު | 2 ދުވަސް ކުރިންރައީސްގެ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | 2 ދުވަސް ކުރިން