logo
MPL

MPL

ޚަބަރު

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށްފި

ޢައްފާން މުޙައްމަދު
18 އޮކްޓޯބަރު 2025 - 10:35
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށްފި

ޤައުމީ ޓީމުތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާއި އޮފިޝަލުންނަށްދޭ އިނާޔަތްތައް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެއްހަމަކޮށް ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް އެކަން އަންގައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ނެރެފައިވާ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ, ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާއި އެއްގޮތްވާ ގޮތުގެ މަތިން ކުޅުންތެރިން އޮފިޝަލުންނާއި ޕެރަ އެތުލީޓުންނަށް ދެމުން ގެންދާ އެލަވަންސް 2025 މެއި މަހުން ފެށިގެން ހަތްހާސް ރުފިޔާއަށް ބޮޑު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation


ޤައުމީޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދޭ އިނާޔަތް ބޮޑުކޮށްފައިވަނީ 7،000ރ އަށެވެ. މީގެ ކުރިން އެތްލީޓުން ނުވަތަ ކުޅުންތެރިންނަށް ދެމުންދިޔައީ މަހަކު 5،000 ރުފިޔާއެވެ. އަދި އޮފިޝަލުންނަށް 2500 ރުފިޔާއެވެ. 


ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާ އޮފިޝަލުންގެ މުސާރަތައް ބޮޑުކޮށް ކުޅުންތެރިންނަށް އަންގާފައިވާއިރު މި އުސޫލާއި އެއްގޮތަށް މިއަހަރުގެ މެއިމަހުން ސެޕްޓެމްބަރުގެ ނިޔަލަށް ކުޅުންތެރިންނާއި، އޮފިޝަލުންނާއި ފެރާ އެތުލީޓުންގެ އެލަވަންސަށް ބޮޑުވެފައިވާ އަދަދު ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ބުންޏެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔާތް ގަވައިދުން ދިނުމާއި، ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ތަމްރީނާ ތަޖްރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުޢިއްޒަކީ ބޭރުފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަށް އިޚްތިރާމް ކުރައްވާ ލީޑަރެއް: ޝުޖާޢުޚަބަރު | 2 ގަޑިއިރު ކުރިންއައި.ސީ.ސީ.ޑީގެ ސެކްރެޓަރީ ޖެނެރަލް، އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްޙަފެއް، ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވަވައިފިޚަބަރު | ދުވަހެއް ކުރިންއުސް އިމާރާތްތަކުގެ ބެލްކަނިތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުން މުހިންމު: ރައީސްޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ޤައުމުގެ ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް: ރައީސްޚަބަރު | 2 ދުވަސް ކުރިން