logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރައީސް، ކުޅިވަރުގެ އާއިލާ ހެއްވާލަދީފި. މި ސަރުކާރުން ހުރިހާ ކަމަކަށް ހައްލު ގެނެސްދެއްވާނެ. : މެމްބަރު އަލީ އިބްރާހިމް

އައިޝަތު ނަޝާ
18 އޮކްޓޯބަރު 2025 - 15:01
ރައީސް، ކުޅިވަރުގެ އާއިލާ ހެއްވާލަދީފި. މި ސަރުކާރުން ހުރިހާ ކަމަކަށް ހައްލު ގެނެސްދެއްވާނެ. : މެމްބަރު އަލީ އިބްރާހިމް

ޒަމާންތަކަކަށް ނުވެފަ އޮތް ޤައުމު ތަމްސީލުކުރާ ޓީމް ތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އެލަވަންސް ބޮޑުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކުޅިވަރުގެ އާއިލާ ހެއްވާލަ ދެއްވައިފިކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަލީ އިބްރާހިމް ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ،ރާއްޖޭގެ ގައުމީ ޓީމުތައް ތަމްސީލުކުރާ ކުޅުންތެރިންނާއި އޮފިޝަލުންނާއި އަދި ޕެރަ އެތުލީޓުންނަށް ދެމުން ގެންދާ އެލަވަންސް ބޮޑުކުރަން ރައިސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު އިތުރަށް ވިދާޅުވީ ، މި މަސައްކަތުގައި އަދިވެސް ކުރަންޖެހޭ ވަރަށް ގިނަކަންކަން އެބަހުރި ކަމަށާއި، الله އިރާދަކުރެއްވިއްޔާ މި ސަރުކާރުން ހުރިހާ ކަމަކަށް ހައްލު ގެނެސްދެއްވާނެ ކަަމަށެވެ.

“ އޭ ދިވެހީންގެ ފަޚުރުވެރި ދިދައާ، ތިބާދެކެ އަޅުގަނޑު އިންތިހާއަށް ލޯބިވަން “ ރައީސް މުޢިއްޒުގެ ޤައުމީ މި ބަސްކޮޅުގެ ހަގީގީ މާނަ ދިވެހި ރައްޔިތުން އިހްސާސް ކުރެވެމުންދޭ"_ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަލީ އިބްރާހިމް

ރައީސްގެ ނިންމެވުމާ ގުޅިގެން ގިނަބަޔަކު އެކަމަށް މަރުހަބާ ދަންނަވަމުން އަންނަ މި ދަނޑިވަޅުގައި، ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ތައުރީފް ކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. މެމްބަރުގެ ޕޯސްޓުގައި ވަނީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެމަނިކުފާނު ވަނީ ޤައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް ފުރަތަމަ ފަހަރަށް ބޮޑުކޮށް ކުޅިވަރުގެ އާއިލާ އަށް އުފާވެރިކަމާއި އާރޯކަން ގެނެސްދީފައި ކަމަށާއި، އިރާދަކުރެއްވިޔާ ވަޅު ޖެހިފައި އޮތް ކުޅިވަރުގެ ދާއިރާ މިސަރުކާރުން ނަގާ ކޮޅަށް ޖަހާނެ ކަމަށް ވިދާޅުވެފައެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާ އޮފިޝަލުންގެ މުސާރަތައް ބޮޑުކޮށް ކުޅުންތެރިންނަށް އަންގާފައިވާއިރު މި އުސޫލާއި އެއްގޮތަށް މިއަހަރުގެ މެއިމަހުން ސެޕްޓެމްބަރުގެ ނިޔަލަށް ކުޅުންތެރިންނާއި، އޮފިޝަލުންނާއި ފެރާ އެތުލީޓުންގެ އެލަވަންސަށް ބޮޑުވެފައިވާ އަދަދު ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ބުންޏެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔާތް ގަވާއިދުން ދިނުމާއި، ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ތަމްރީނާއި ތަޖްރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ކުޅިވަރުގެ އާއިލާ ހެއްވާލަދީފި. މި ސަރުކާރުން ހުރިހާ ކަމަކަށް ހައްލު ގެނެސްދެއްވާނެ. : މެމްބަރު އަލީ އިބްރާހިމްކުޅިވަރު | 8 ގަޑިއިރު ކުރިންރައީސްގެ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | 12 ގަޑިއިރު ކުރިންމި މުރާލިކަމާއި އޯގާވެރިކަން ، ގަދަ ކަނޑުގައި، ބާރު އަވީގައި ބޯވާރޭގައި ވެސް ޚިދުމަތުގައިރިޕޯޓް | 2 ދުވަސް ކުރިންބަނޑުހައިހޫނުކަމުގައި އުޅޭ މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބައިވާން ޖެހޭ: ފަސްޑް ލޭޓީޚަބަރު | 2 ދުވަސް ކުރިން