logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ބަނޑުހައިހޫނުކަމުގައި އުޅޭ މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބައިވާން ޖެހޭ: ފަސްޑް ލޭޓީ

އައިމިނަތު މޫސާ
16 އޮކްޓޯބަރު 2025 - 12:10
މެޑަމް ސާޖިދާ
މެޑަމް ސާޖިދާ

މޫސުމަށް އަންނަ އެކިއެކި ކާރިސާތަކާ ހާދިސާތަކާއި ގުޅިގެން ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަން ޖެހިފައިވާ މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގައުމުތަކުން އަތުގުޅާލާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކާބޯތަކެއްޗަކީ އަސާސީ ބޭނުމަކަށްވުރެ ބޮޑަށް، އިންސާނީ ހައްގެއްކަމަށެވެ. ހެދިބޮޑުވުމުގައި ބޭނުންވާ، ސިއްހަތަށް ފައިދާހުރި ކާނާ ލިބުމަކީ ކޮންމެ ފަރުދަކަށްވެސް ކަށަވަރުވާންޖެހޭ ހައްގެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެގޮތުން ތަފާތު ކާރިސާތަކާ ޙާދިސާތަކާ ކުރިމަތިލަމުންދާ އެތައް ބަޔަކު ދިރިއުޅެމުންދާއިރު، އެފަރާތްތަކަށް ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއި، ފޯރުކޮށްދެވޭ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ފައިދާ ހުރި ކާނާ ލިބުމަށް މަގުފަހިކޮށްދިނުމާއި، ބަނޑުހައި ހޫނުކަން ނައްތާލާ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ މުހިންމު ބަދަލަކަށްވާނެކަމަށް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާން- ރާއްޖެ: ދެ ގައުމުގެ ތާރީޚީ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރަނީޚަބަރު | 2 ގަޑިއިރު ކުރިންއަންހެނުން ބާރުވެރިކުރުމާއި އިޖުތިމާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު މަޝްވަރާއެއްޚަބަރު | 3 ގަޑިއިރު ކުރިންޕާކިސްތާނުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފިޚަބަރު | 13 ގަޑިއިރު ކުރިންކުޑަ ޤައުމަކަށް ވިޔަސް ޤަދަރާއި އިޙްތިރާމް ލިބެންޖެހޭނެ: ޝަރަފުވެރި ޑިގްރީއާއެކު ރައީސްގެ ވަރުގަދަ މެސެޖެއްޚަބަރު | 13 ގަޑިއިރު ކުރިން