އެއާ އެމްބިއުލާންސް ޚިދުމަތަށް އަހަރެއް: ހުރިހާ ވަސީލަތެއް މިހާރު ވަނީ ގާއިމްކޮށްފައި


19 މާރިޗު 2025 - 10:22
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށިތާ އެއް އަހަރުވެފައިވާއިރު މިހާތަނަށް 900 އަށް ވުރެ ގިނަ ބަލި މީހުން އެއާ އެމްބިއުލާންސްގައި އެމާޖެންސީގައި އުފުލާފައެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތަކާ ރައްޔިތުންނަށް ފަސޭހަ ހިދުމަތެއްގެ ގޮތުގައި އިތުރަށް ޒަމާނީ ވަސީލަތްތަކާއި އެކު ތަރައްގީ ކުރުމަސް ގިނަ ޕްލޭންތަކެއް ހުރިކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހު އެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތަށް އަހަރެއް ވެފައިވާއިރު އިމަޖެންސީ ހާލަތުގައި ފަރުވާދޭން ބޭނުން ކުރާ ހުރިހާ ސާމާނެއް މިހާރު ވަނީ ހަރުކޮށްފަ އެވެ. މި ހިދުމަތަށް އަހަރެއްވެގެން ދިޔަ އިރު މިހާތަނަށް 700 އަށް ވުރެ ގިނަ ދަތުރުކޮށް 900 އަށް ވުރެ ގިނަ ބަލި މީހުން އެއާ އެމްބިއުލާންސްގައި އިމަޖެންސީ ހާލަތުގައި އުފުލާފައިވެ އެވެ. އަދި މިހާރު އެއާ އެމްބިއުލާންސްގައި އެއްފަހަރާ ބަލި 3 މީހުން އުފުލޭނެ އިންތިޒާމު ވަނީ ގާއިމްކޮށްފަ އެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް އަހަރެއްފުރުމާ ގުޅިގެން ޚިދުމަތް ދެމުންދާގޮތް ބައްލަވާލެއްވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއާއި، ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ޒިޔާރަތްކުރައްވާފަ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ އިމަޖެންސީ ހިދުމަތް ރަނގަޅަށް ދެވޭނެ ގޮތެއް ހަމަޖެހިފައި އޮތުމަކީ ސިއްހީ ނިޒާމެއްގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ގައުމެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ވަރަށް މުހިންމު ހިދުމަތެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މި ހިދުމަތް ކާމިޔަބު ކަމާއިއެކު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދެވުނީ ރައީސް މުއިއްޒު ސިއްޚީ ނިޒާމަށް ގެންގުޅުއްވާ އަހައްމިޔަތުގެ ސަބަބުން ކަމަށެވެ. މިއީ ސިއްހީ ނިޒަމަށް ރައީސް މުއިއްޒު ހޯއްދަވައިދެއްވި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
މީގެ ކުރިން އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލަމުން އައީ އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރެއްގަ އެވެ. އަދި މޯލްޑިވިއަންގެ ބޯޓެއްގައި ސްޓެޗާ ހަރުކޮށްގެން ވަރަށްވެސް ނިކަމެތި ހާލަތެއްގަ އެވެ. އޭރު މިހިދުމަތް އެންމެ އެކަށީގެންވާ ގޮތަށް ނުދެވި ހިތަމަވެރި ހާދިސާތަށްވެސް ވަނީ ހިނގާފަ އެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ޑޭޝް 8 މަރުކާގެ މަތިންދާބޯޓެއް އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހާއްސަ ބަދަލުތަކަކާއިއެކު މޮޑިފައިކޮށްގެނެވެ.އެމަޖެންސީ ޚިދުމަތް ދިނުމަށް 15 މުވައްޒަފުން ވަނީ ތަމްރީނު ކޮށްފަ އެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް އަހަރެއްވީއިރު މިޚިދުމަތުގައި މިހާރު، ވެންޓިލޭޓަރާއި އިންކިއުބޭޓަރއާއި މިނޫންވެސް ކުއްލި ޙާލަތަށް ބޭނުންވާ ވަޞީލަތްތައްވަނީ ޤާއިމުކޮށްފައެވެ.
އިތުރު ލިޔުންތައް

ކާތަކެތީގައި ބުޅާ މަސް އަދި ހުނީގައި ކޯނިޝް ޕައުޑަރު ހުރިކަމެއް ސާބިތެއް ނުވޭ: ވަޒީރު
8 މަސް ކުރިން
ރާއްޖޭގައި އެމްޕޮކްސް އަށް ޓެސްޓު ކުރެވޭ ގޮތް ހަމަޖައްސައިފި
7 މަސް ކުރިން
"މާހަރާ" ޕޯޓަލް: ބަލިމީހުންގެ ޚިޔާލާއި ޝަކުވާ މިހާރު ހުށަހެޅޭނެ
7 މަސް ކުރިން