logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

ސްޓެލްކޯ ހިންދެމިލައިފި، އެންމެ ބޮޑު ފައިދާއެއް ހޯދީ މިދިޔަ އަހަރު

އަޙްމަދު ޒަލީފް
21 މާރިޗު 2025 - 11:48
ސްޓެލްކޯ ހިންދެމިލައިފި، އެންމެ ބޮޑު ފައިދާއެއް ހޯދީ މިދިޔަ އަހަރު

ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 137.9 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ. 

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފާއިތުވި 7 އަހަރު ސްޓެލްކޯއިން ހޯދި ފައިދާގެ ތަފާސްހިސާބުތައް ވަނީ ހިއްސާކުރައްވާފައެވެ.

ތަފާސްހިސާބުތަކަށް ދައްކާގޮތުން 2022ވަނަ އަހަރު ސްޓެލްކޯއަށް 106.8 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވީނަމަވެސް ދެން ޖެހިގެންއައި 2023ވަނަ އަހަރު އެ ކުންފުންޏަށް ވަނީ 171.9 މިލިޔަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ. 

2023ވަނަ އަހަރު ލިބުނު ގެއްލުމުން އަރައިގަނެ، 137.9 މިލިޔަން ރުފިޔާގެ ފައިދާއެއް މިދިޔަ އަހަރު ސްޓެލްކޯއަށް ވަނީ ލިބިފައެވެ. އެހެންކަމުން މިއީ 180.2 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ފާއިތުވި 7 އަހަރަށް ބަލާލާއިރު 2024ވަނަ އަހަރަކީ ސްޓެލްކޯއަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ، މިދިޔަ އަހަރު އެ ކުންފުނީގެ މާލީ ނަތީޖާ ރަނގަޅުވެފައިވަނީ އެ ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއެކު އިސްރާފުކުރުން ކުޑަކޮށް، ލިބިފައިވާ ވަސީލަތަކުގެ ބޭނުން ހަރުދަނާގޮތެއްގައި ބޭނުންކުރެވުމުގެ ސަބަބުންކަމަށެވެ

Ad by Hajj Corporation

Ad by Hajj Corporation

މި ތަފާސްހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް ސްޓެލްކޯގެ ފައިދާ ވަނީ އިތުރުވެފައެވެ. އެގޮތުން 2018ވަނަ އަހަރު އެ ކުންފުންޏަށް 105 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު 2020 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 130 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 23.8 އިންސައްތައިގެ އިތުރުވުމެކެވެ.

2020ވަނަ އަހަރާއި ހަމައަށް ސްޓެލްކޯއަށް ލިބުނު ފައިދާ އިތުރުވެފައިވީނަމަވެސް 2021ވަނަ އަހަރު އެ ކުންފުންޏަށް ލިބިފައިވާ ފައިދާ ވަނީ 19.5 އިންސައްތަ ދަށްވެފައެވެ. އެއަހަރު ސްޓެލްކޯއަށް 104.7 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްޚަބަރު | 6 ދުވަސް ކުރިންކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 7 ދުވަސް ކުރިންސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި" އިފްތިތާހްކޮށްފިޚަބަރު | 11 ދުވަސް ކުރިންސްޓެލްކޯގައި ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން - ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފިޚަބަރު | 14 ދުވަސް ކުރިން