logoEN
ދުނިޔެ

ޣައްޒާގައި ކާޑު ހުރީ އެންމެ ހަ ދުވަހަށް ބޭނުންވާ ވަރަށް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

21 މާރިޗު 2025 - 16:11

ފަލަސްޠީނުގެ ޣައްޒާގައި މި ވަގުތު ހުރީ، ކުރިއަށް އޮތް ހަ ދުވަހަށް ބޭނުންވާ ފުށް އެކަނި ކަމަށް، ޣައްޒާއަށް އެހީ ފޯރުކޮށްދޭ އދ.ގެ ޖަމާޢަތުން ބުނެފިއެވެ.

އެހީ ވެއްދުމުގެ މަގުތައް ހަނިވެ، ޣައްޒާ މިވަގުތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އިން ދަނީ ބުނަމުންނެވެ.އޮކްޓޯބަރު 2023 ގައި، ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޣައްޒާއަށް ޢުދުވާނުތައް ދޭން ފެށި ފަހުން، ޣައްޒާގެ ނިކަމެތިކަން މި މިންވަރަށް ވެއްޓިފައެއްނުވެއެވެ. 15 މަސް ދުވަސް ވަންދެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޙަމަލާތައް ގާތްގަނޑަކަށް ދެ މަސް ދުވަހަށް މެދުކަނޑާލާފައި އޮތުމަށް ފަަހު، އަލުން ދޭން ފަށާފައިވާ ޙަމަލާތަކުގައި 700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.ޣައްޒާއަށް ޙަމަލާތައް ދޭން ފެށުމުގެ ކުރިން، މި މަހުގެ ކުރީ ކޮޅުން ފެށިގެން ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވަނީ ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައެވެ.

ކޮމެންޓް

871x217_placeholder