logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑު އުޅަނދުފަހަރު ނަގިލިލާފައި އޮންނަ ވަގުތުތަކުގައި ފަޅުވެރިން ތިބުން ލާޒިމް: ޓްރާންސްޕޯޓް މިނިސްޓްރީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
22 މާރިޗު 2025 - 07:40
މަސްވެރިއެއް ދޯނިން މަސްތަކެއް ބާލަނީ -- ފޮޓޯ: މިހާރު
މަސްވެރިއެއް ދޯނިން މަސްތަކެއް ބާލަނީ -- ފޮޓޯ: މިހާރު

ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި ފަޅުވެރިން ތިބުމަކީ ލާޒިމް ކަމެއް ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނީ، ކަނޑު އުޅަނދުތައް ފަޅު ތެރޭގައި އާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށްފަހު އުޅަނދުގައި އެއްވެސް ފަޅުވެރިއެއް ނެތުމުގެ ސަބަބުން ތަފާތު ނުރައްކާތެރި ޙާދިސާތައް ދިމާވެ، މީހުންގެ މުދަލަށް ގެއްލުންވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރެއް ނަގިލި ލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދކަށް ފަޅުވެރިން ތިބުމަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ވެސް ލާޒިމް ކަމެއް ކަމުގައި އެ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.

އަދި އެފަދައިން އަމަލުނުކުރާ ނަމަ، އެ އުޅަނދެއްގެ ވެރިފަރާތަކާ މެދު "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދު"ގެ 44 ވަނަ މާއްދާގެ "ފ"ގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި އެ ވުޒާރާއިން ބުންޏެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން އެފަދައިން އަމަލުކުރަން އެދުނު އިރު، ކަނޑު އުޅަނދުތައް ފަޅު ތެރޭގައި އާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށްފަހު އުޅަނދުގައި އެއްވެސް ފަޅުވެރިއެއް ނެތުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދުގެ ދަށުން ފާހަގަކުރާ ޖޫރިމަނާކުރެވޭނެ ކުށެއް ނޫނެވެ.

އެހެން ނަމަވެސް، އެ ގަވާއިދުގެ 44 ވަނަ މާއްދާގެ "ފ" އިން ބުނާ ގޮތުން، ވުޒާރާގެ މި ނިންމުމަށް ޢަމަލުނުކުރާ ނަމަ އެ ގަވާއިދުގެ ދަށުން ކުށަކަށް ވަކި އަދަބެއް ކަނޑައަޅާފައިނުވާ ކޮންމެ ކުށެއްގެ އަދަބެއްގެ ގޮތުން 1،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެލިކޮޕްޓަރުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި ޚަބަރު | 8 ދުވަސް ކުރިން ޓޯވ އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 252 އުޅަނދެއް ޓޯވކޮށްފިޚަބަރު | 12 ދުވަސް ކުރިންފުވައްމުލަކު އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަން މަޝްވަރާކޮށްފިޚަބަރު | 3 މަސް ކުރިންބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތްދިނުމަށް 2 ފެރީ ބޭނުންކުރާނެޚަބަރު | 5 މަސް ކުރިން