logo
Bank of Maldives

Bank of Maldives

ޚަބަރު

ފުވައްމުލަކު އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަން މަޝްވަރާކޮށްފި

އައިމިނަތު މޫސާ
16 ސެޕްޓެމްބަރު 2025 - 10:39
ފުވައްމުލަކު އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަން މަޝްވަރާކޮށްފި

ފުވައްމުލަކު ސިޓީ އެއާޕޯޓުގެ ހިދުމަތްތައް ފުޅާކުރުމާ ގުޅޭގޮތުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، ފުވައްމުުލައް ސިޓީ ކައުންސިލާ މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުން ކުރިއަށްގެންގޮސްފައި ވަނީ ވަޒީރު އެސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުމުގަ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގް އަދި ކައުންސިލް މެންބަރުން ވަނީ ބައިވެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުވައްމުލަކު ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި، ފުވައްމުލަކު އެއާޕޯޓުގެ ހިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި މި މިމަސައްކަތްތަކަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރިއަށް ގެންދަވާ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމުގެ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތުރުފަތުރުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުޅި ސިޓީގެ ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.

ފުވައްމުލައް އެއާޕޯޓް މިހާރު ހިންގަމުން އަންނަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސިއެލްގެ ބެލުމުގެދަށުންނެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދު ހިމެނޭހެން، މިމަހުގެ 6ވަނަ ދުވަހު އެމްއޭސީއެލްގެ ޓީމެއްވެސް ވަނީ އެރަށަށް ދަތުރުކޮށް، އެއާޕޯޓްގެ ޙާލަތު ބަލާ އަދި ކައުންސިލާއެކ ބައްދަލުވުން ކުރިއަށްގެންގޮސްފައެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ ފުވައްމުލައް އެއާޕޯޓްގައި ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތަކާ ވަސީލަތްތަކާއި އާލާތްތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިހާރުގެ ޙާލަތު ރަނގަޅަށް ދެނެގަތުމަށް ދިރާސާއެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަވެއެވެ.

އެއާޕޯޓްގެ ޚިދުމަތަށް ޒަމާނީ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުންވެސް އެމްއޭސީއެލްއި ސިޓީ ކައުންސިލާ ދެމެދު ވަނީ މަޢުލޫމާތު ބަދަލުކޮށްފައެވެ. ފުވައްމުލައް އެއަރޕޯޓް ތަރައްޤީކޮށް ހުޅުވާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. ފުވައްމުލަކު އެއާޕޯޓުގައި މިހާރު ބޭނުންކުރަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވީ، މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި އެމްއޭސީއެލް އިން މިހާރު އިސްކަން ދެމުން އަންނަ މައިގަނޑު ދާއިރާތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި ފުވައްމުލައް އެއާޕޯޓްގެ މިހާރުގެ ހާލަތު ދެނެގަތުމުގެ ދިރާސާ މަސައްކަތާއި އެއާޕޯޓު ތަރައްގީއަށް ބޭނުންވާ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ދެނެގަނެ، އެ ތަކެތި ހޯދުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ޖެޓް ޖެއްސޭ ފެންވަރަށް ފުވައްމުލައް އެއާޕޯޓް ތަރައްގީ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައެވެ.

ފުވައްމުލަކު ސިޓީ އެއާޕޯޓަށް ގެންނަން ނިނމާފައިވާ ތަރައްގީގެ ތެރޭގައި ރަންވޭ އޮރިއެންޓޭޝަން ބަދަލުކޮށް ޖެޓް ޖެއްސޭވަރަށް ރަންވޭބޮޑުކުރުމާއި ޖެޓް ޕާކިންއަށް ހާއްސަކޮށް އޭޕްރައިން ޖާގަ އިތުރު ކުރުމާއި، ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ފްލައިން ސްކޫލެއް ގާއިމް ކުރުން ހިމެނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީ މިހާތަނަށް އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކައުންސިލް އިންތިހާބު: ވަޒީރު އަމީންޚަބަރު | 2 ދުވަސް ކުރިންހެލިކޮޕްޓަރުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި ޚަބަރު | 8 ދުވަސް ކުރިން ޓޯވ އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 252 އުޅަނދެއް ޓޯވކޮށްފިޚަބަރު | 12 ދުވަސް ކުރިން އިތުރު ފަރުވާއަށް ތުރުކީ އަދި ސިންގަޕޫރަށް ގެންދަން ޖެހުނުކަމުގައިވިޔަސް, އެމަގު ފަހިކުރާނަން: މިނިސްޓަރ އަމީންޚަބަރު | މަހެއް ކުރިން