logo
Bank of Maldives

Bank of Maldives

ޚަބަރު

ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތްދިނުމަށް 2 ފެރީ ބޭނުންކުރާނެ

އާމިނަތު ޝަފާ
18 ޖުލައި 2025 - 06:34
ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތްދިނުމަށް 2 ފެރީ ބޭނުންކުރާނެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވަމުންދާއިރު ހިދުމަތްދިނުމަށް 2 ފެރީ ބޭނުންކުރާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މެންދުރުޓީވީގެ ހަބަރު ގަޑީގައި ވާހަކަފުޅު ދައްކަވަމުން ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ޔާސިރު ވިދާޅުވީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދަވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް މި މަހުގެ 20 ވަނަ ދުވަހު ބ. އަތޮޅުގައި ފަށާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތްދިނުމަށް 2 ފެރީ ބޭނުންކުރާނެކަން ޔާސިރުވަނީ ފާހަގަކުރައްވާފައެވެ.

" އެގޮތުން އެއް ފެރީ މި ބާއްވަނީ ބ. އަތޮޅު ގޮއިދޫގައި. އަނެއްފެރީ މި ބާއްވަނީ ބ. އަތޮޅު ކެންދޫގައި. ބ. އަތޮޅުގެ އުތުރާއި ދެކުނުން ފެށިގެން ރޫޓު މެޕް އެކުލަވާލާފައި މިއޮތީ އޭދަފުއްޓަށް އައިސް އެއާޕޯޓު ކަނެކްޗަންތައްވެސް ލިބޭގޮތަށް."

 މި ޚިދުމަތް ބ. އަތޮޅުގައި ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޓީމަކާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޓީމެއް ބ. އަތޮޅުގެ ރަށްތަކަށް ގޮސް ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އަހާފައިވާކަމަށާއި ހިދުމަތް ފެށިގެންދާނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމާއެކުގައިކަމަށް ޔާސިރު ވިދާޅުވިއެވެ.

އާރް.ޓީ.އެލް ފެރީގެ ޚިދުމަތް މިހާރުވެސް ރ. އަތޮޅުގައި ދެމުންދާއިރު، ބ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ 11 އަތޮޅެއްގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫޢެކެވެ.

މި މަޝްރޫޢަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، 6 ޒޯންއަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމެވެ. މީގެ އިތުރުން، މި ޚިދުމަތް ފުޅާވުމަކީ އިގްތިސާދީ އަދި އިޖުތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމަށް މަގުފަހިވެ، ރާއްޖޭގެ އަތޮޅުތަކުގެ ގުޅިފައިވާ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކު އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަން މަޝްވަރާކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތްދިނުމަށް 2 ފެރީ ބޭނުންކުރާނެޚަބަރު | 2 މަސް ކުރިން4 ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމަށް މީގެ ފަހުން ޚާއްޞަ ހުއްދައެއް ނަގަން ޖެހޭނެ ޚަބަރު | 2 މަސް ކުރިންޖުލައި 13 އިން ފެށިގެން 4 ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމަށް ހުއްދަ ނަގަން ޖެހޭނެޚަބަރު | 2 މަސް ކުރިން