logo
Bank of Maldives

Bank of Maldives

ޚަބަރު

އީވީ ތަކުގެ ނަންބަރު ބޯޑު ބަދަލުކުރުމަށް މުހުލަތެއް ދީފި

އިސްމާޢިލް ރާތިޢު
18 މާރިޗު 2026 - 06:40
އީވީ ތަކުގެ ނަންބަރު ބޯޑު ބަދަލުކުރުމަށް މުހުލަތެއް ދީފި

ޤަވާއިދަށް ގެނައި އިސްލާޙާއެކު 60 ދުވަހުގެ ތެރޭގައި އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ބޭނުންކުރަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

"އިލެކްޓްރިކް އުޅަނދު ނުވަތަ އ.ީވީ" ކަމަށް ބުނެފައި ވަނ،ީ އާންމުކޮށް ބޭނުންކުރާ ޕެޓްރޯލް ނުވަތަ ޑީސަލް އިންޖީނުގެ ބަދަލުގައ،ި ހަމައެކަނި ބެޓެރީގެ ހަކަތަ ބޭނުންކޮށްގެން ނުވަތަ އިލެކްޓްރިކް މޮޓޯއެއް ބޭނުން ކޮށްގެން ދުއްވިދާނެ ކޮންމެ އުޅަނދަކަށެވެ.

"އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" އަށް 7 ވަނަ އިސްލާޙު ގެނެސްފައިވަނީ، އިލެކްޓްރިކް އުޅަނދުތައް ބޭނުން ކުރުމަށް ހިތްވަރު ދިނުމަށާއި، އުޅަނދު ރަޖިސްޓްރީ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށްކަމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ބުނެއެވެ.

މި އިސްލާޙުގެ ދަށުން އިލެކްޓްރިކް އުޅަނދުތަކުގައި ދެން ބޭނުންކުރަން ޖެހޭނީ، ފެހި ކުލައިގެ ނަންބަރު ބޯޑެވެ. މިއީ، މަގުމަތީގައި ދުއްވާ އެހެނިހެން އުޅަނދުތަކާއި، އިލެކްޓްރިކް އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެ ގޮތް ހެދުމަށް ގެނައި ބަދަލެކެވެ. މި ބަދަލަކީ، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ތައްޔާރުވެފައިވާއިރު، މި ނިޒާމުގައިވެސް ބޭނުންކުރާނީ އީވީ ކާރުތަކެވެ. އެގޮތުން ފުރަތަމަ ބުރުގައި ގެންނަން ހަމަޖެހިފައިވަނީ 150 ކާރެވެ.

ނަންބަރު ބޯޑާ ގުޅޭ އިސްލާޙު ގެޒެޓުކުރުމާއިއެކު، މިހާރު ރަޖިސްޓްރީކޮށްފައިވާ އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު، ފެހި ކުލައިގެ ބޯޑަށް ބަދަލު ކުރުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް ވަނީ 60 ދުވަހުގެ މުއްދަތެއް ދީފައެވެ.

އަލަށް ތަޢާރަފް ކުރި "އީވީ ޕްލޭޓްސް" ނުވަތަ ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކުގެ ނަންބަރު ބޯޑު ނަމޫނާއަށް ބަލާއިރު، ތިމާވެއްޓާއި ރައްޓެހި ޓެކްސީ އުޅަނދުތަކުގައި ބޭނުން ކުރާނީ، ފެހި ކުލައިގެ ބޯޑުގައި ރީނދޫ ކުލައިގެ ލިޔުމުން ލިޔެފައެވެ. އަމިއްލަ އުޅަނދުތަކުގައި ބޭނުންކުރަނީ، ފެހި ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ ލިޔުމެވެ.

ބަޔާންކޮށްފައިވާ މިންގަނޑުތަކާ ޚިލާފަށް ނަންބަރު ބޯޑު ހަރުކުރުމާއި ދިއްލޭ ކުލަތައް ބޭނުން ކޮށްގެން ނަންބަރު ބޯޑު ތައްޔާރުކޮށްގެން ބޭނުންކުރުމަކީ މަނާ ކަމެކެވެ.

މިވަގުތު ރާއްޖޭގައި ބޭނުންކުރަމުންދާ ނަންބަރު ބޯޑުތަކަށް ބަލާއިރު، އާންމުކޮށް އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކުގައި ބޭނުންކުރަނީ ކަޅު ކުލައެވެ. ސިފައިންގެ އުޅަނދުތަކުގައި ހުދު ކުލައިގެ ބޯޑު ބޭނުން ކުރާއިރު، ޑިޕްލޮމެޓިކް އުޅަނދުތަކުގައި ބޭނުން ކުރަނީ ނޫކުލައިގެ ބޯޑެވެ. އަދި ޓެކްސީތަކުގައި ބޭނުން ކުރަނީ ރީނދޫ ކުލައެވެ.

ޤަވާއިދަށް ގެނައި އިސްލާޙުގައި، ބައެއް ބަރު އުޅަނދުތައް ރަޖިސްޓްރީކުރުމުގެ މަރުޙަލާ ކުރިއަށްވުރެ ލުއިފަސޭހަވާނެ ގޮތްތަކެއްވެސް މި އިސްލާޙުގެ ދަށުން ތައާރަފުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީވީ ތަކުގެ ނަންބަރު ބޯޑު ބަދަލުކުރުމަށް މުހުލަތެއް ދީފިޚަބަރު | ގަޑިއިރެއް ކުރިންރަމަޟާންމަހު މާލެ ސަރަޙައްދުގައި މުދާ އުފުލޭނެ ގަޑިތައް އާންމުކޮށްފިޚަބަރު | މަހެއް ކުރިންވައިގެ މަގުން ދެކުނުގެ 4 އަތޮޅެއް ގުޅާލައިފިޚަބަރު | 2 މަސް ކުރިންގަރާޖް ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފިޚަބަރު | 3 މަސް ކުރިން