logo
Bank of Maldives

Bank of Maldives

ޚަބަރު

ރަމަޟާންމަހު މާލެ ސަރަޙައްދުގައި މުދާ އުފުލޭނެ ގަޑިތައް އާންމުކޮށްފި

އިސްމާޢިލް ރާތިޢު
17 ފެބްރުއަރީ 2026 - 07:21
 ފޮޓޯ: މާލެ ސިޓީ ކައުންސިލް
ފޮޓޯ: މާލެ ސިޓީ ކައުންސިލް

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު، މާލެ ސަރަޙައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.

އެގޮތުން ރަމަޟާންމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލުމަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން 9:30އަށް އަދި 16:30 އިން 20:00 އަށް މުދާ އުފުލުން މަނާވާއިރު، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް 16:30 އިން 20:00 އަށް ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލުން މަނާވާނެއެވެ.

މި އުސޫލާއި ޚިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫން ދަށުން -/750 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމުން، ހުރިހާ ފަރާތްތަކުންވެސް މި އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އިލްތިމާސް ކޮށްފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް މާލޭ ސަރަޙައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށާއި، މަގުމަތި ބޭނުންކުރުން ފަސޭހަކުރުމަށްޓަކާ ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލާ ވެހިކަލްތައް ދުއްވުން މަނާ ގަޑިތަކެއް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާ، އާންމުކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަމަޟާންމަހު މާލެ ސަރަޙައްދުގައި މުދާ އުފުލޭނެ ގަޑިތައް އާންމުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންވައިގެ މަގުން ދެކުނުގެ 4 އަތޮޅެއް ގުޅާލައިފިޚަބަރު | 18 ދުވަސް ކުރިންގަރާޖް ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފިޚަބަރު | 2 މަސް ކުރިންއަހަރީ ފީއާއި ޖޫރިމަނާ ހުއްޓަސް އުޅަނދުގެ ރަޖިސްޓްރީ ބާތިލު ކުރަނީޚަބަރު | 2 މަސް ކުރިން