އެސްޓީއޯ އިން ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފި

23 މާރިޗު 2025 - 02:33

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލްގެ އަގު ރޭން ފެށިގެން ހެޔޮކޮށްފިއެވެ.
އެސްޓީއޯ އިން މީގެކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 13.98 ރުފިޔާ އަށެވެ. ނަމަވެސް މިހާރު އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 13.50 ރުފިޔާ އަށެވެ. މިއީ ލީޓަރަކަށް 48 ލާރީގެ އަގު ހެޔޮވުމެކެވެ.
އެސްޓީއޯއިން ބުނެފައިވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާވެސް ހެޔޮ އަގެއްގައި ތެޔޮ ވިއްކުމަށް ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވާ ނިސްބަތަކުން ރާއްޖޭގައި ވިއްކާ ތެލުގެ އަގަށްވެސް ހެޔޮ ބަދަލުތައް ގެންނާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.