logoEN

އިސްރާއިލްގައި ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާ ކުރަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

23 މާރިޗު 2025 - 07:59

އިސްރާއީލުގެ ޑޮމެސްޓިކް އިންޓެލިޖެންސް ސަރވިސް ޝިން ބެޓްގެ އިސްވެރިޔާ ވަކިކޮށް، ޣައްޒާގައި ހަނގުރާމަ އަލުން ފެށުމަށް ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ތެލް އަވީވްގައި އެތައްހާސް މީހުން އެއްވެ މުޒާހަރާކޮށްފިއެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ އަމުރަށް ނަތަންޔާހޫ ތަބާނުވާނަމަ އިސްރާއީލް ހުއްޓުވާލަން އިދިކޮޅު ލީޑަރު ޔައިރް ލަޕިޑްވެސް ވަނީ ގޮވާލައިފައެވެ. "ސަރުކާރުން ކޯޓުގެ ނިންމުމަށް ތަބާނުވާން ނިންމައިފިނަމަ، އެދުވަހު އެއީ ގާނޫނާ ޚިލާފު ސަރުކާރަކަށް ވާނެ" ލަޕިޑް ތެލް އަވީވްގައި އިހުތިޖާޖުކުރި މީހުންނާ މުޚާތަބުކޮށް ބުންޏެވެ.

"މިކަން މިހެން ވެއްޖެނަމަ، މުޅި ގައުމު ހުއްޓާލަން ޖެހޭނެ. ހުއްޓާނުލަންވީ ހަމައެކަނި ނިޒާމަކީ ސަލާމަތީ ނިޒާމް" އޭނާ ބުންޏެވެ.

ނަތަންޔާހޫ އަށް އިސްރާއީލްގެ ގިނަ ބަޔަކު ވެސް ފާޑުކިޔަމުންދާއިރު، އެޓަރނީ ޖެނެރަލް ގަލީ ބަހަރަވް-މިއާރާ އާމެދު އިމްޕީޗްމަންޓް މަރުހަލާ ފެށުމަށް އާދީއްތަ ދުވަހު ކެބިނެޓް ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ. އޭނާ މަގާމުން ދުރުކުރަނީ ނަތަންޔާހޫގެ ބައެއް ނިންމުންތައް ގާނޫނާއި ހިލާފު ކަމަށްބުނެ ގާނޫނީ ލަފާ ދިނުމުންނެވެ.

ތެލްއަވީވްގައި މުޒާހަރާ ކުރަމުން އަންނަތާ މިހާރު ތިން ދުވަސް ވެއްޖެއެވެ. ފާޑުކިޔުންތަކަށް ރައްދު ދެމުން ހޮނިހިރު ދުވަހު، ނަތަންޔާހޫ ބުނީ ސެކިއުރިޓީ ޗީފް ވަކިކުރި ނަމަވެސް އިސްރާއީލް ޑިމޮކްރެޓިކްކޮށް ދެމިއޮންނާނެ ކަމަށެވެ.

ތެލްއަވީވްގެ ހަބީމާ ސްކުއެއަރގައި، މުޒާހަރާކުރި ފަރާތްތަކުން ވަނީ ޣައްޒާގައި ހިފެހެއްޓިފައިވާ އިސްރާއީލްގެ ރަހީނުން ދޫކޮށްލުމަށް އެއްބަސްވުމަށް ގޮވާލާފައެވެ.

"އިސްރާއީލްގެ އެންމެ ނުރައްކާތެރި ދުޝްމަނަކީ ބެންޖަމިން ނަތަންޔާހޫ،" މުޒާހަރާކުރި 63 އަހަރުގެ މޮޝޭ ހައަރޯނީ ރޯއިޓަރސް ނިއުސް އޭޖެންސީއަށް ބުންޏެވެ. "ބެންޖަމިން ނެތަންޔާހޫ 20 އަހަރު ވަންދެން ގައުމަށް އަޅާލާފައެއް ނެތް، ރައްޔިތުންނަށް އަޅާލާފައެއް ނެތް." އޭނާ އިތުރަށް ބުންޏެވެ.

ކޮމެންޓް

871x217_placeholder