logo
Bank of Maldives

Bank of Maldives

ޚަބަރު

ތެލަސީމިއާ ސެންޓަރު ދެން ހިންގާނީ ހޮސްޕިޓަލެއްގެ ގޮތުގައި

އަޙްމަދު ޒަލީފް
23 މާރިޗު 2025 - 13:44
ތެލަސީމިއާ ސެންޓަރު ދެން ހިންގާނީ ހޮސްޕިޓަލެއްގެ ގޮތުގައި

ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެގޮތަށް ހިންގުމަށް ބޭނުންވާ ވަސީލަތާއި މުވައްޒަފުން ހޯދުމަށް ކަނޑައަޅައި، އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން ވަނީ ހުޅުމާލޭގައި ތެލަސީމިއާ ސެންޓަރަށް އައު ޢިމާރާތެއް އެޅުމުގެ މަސައްކަތް ފަށާފައެވެ. އޮރެންޖު ހިޔާގެ ނަމުގައި ޢިމާރާތްކުރާ އެތަނުގެ މަސައްކަތްވެސް އަވަސްކުރުމަށް އަންގަވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެ ޢިމާރަތަކީ ވަރަށް ޖާގަ ތަނަވަސް އަދި ހުރިހާ ވަސީލަތެއް ފުރިހަމަ ތަނެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ތެލަސީމިއާކުދިންނާއި އެކުދިންގެ އާއިލާތަކަށް އެތަނަށް ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއްވެސް ކަނޑައަޅުއްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. 

ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކުރިތާ ސައުވީސް ގަޑިއިރުނުވަނީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގައި ހުރި މައްސަލަތައް އޮޅުންފިލުއްވާފައެވެ.

އެ ސެންޓަރަށް ޒިޔާރަތްކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ކަންކަން ތަފްސީލުކޮށް އޮޅުންފިލުއްވާފައިވާކަމަށެވެ. އެގޮތުން އެތަނުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ބައްދަލުކުރައްވައި، އެތަނުގެ ޙަލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހުޅުމާލޭއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާތަންވެސް ބައްލަވާލައްވައި އެ މަސައްކަތް ކުރިއަށްދާގޮތްވެސް އޮޅުން ފިލުއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ހުރި މައްސަލަތަކާއި ގުޅޭގޮތުން ބައްދަލުވުމެއްވެސް ބާއްވައި ހައްލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އިރުޝަދުވެސް ދެއްވާފައިވާކަށް ރައީސް ވިދާޅުވިއެވެ.


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސްކޫލް ހުޅުވޭނެ: ރައީސްޚަބަރު | 11 ގަޑިއިރު ކުރިންދަރުމަވަންތަ ހޮސްޕިޓަލް އަނބުރާ ގެނެވުނީ ގާދޫ ކޮލުން ބޭރަށް ދަނިކޮށް: ރައީސްޚަބަރު | 12 ގަޑިއިރު ކުރިންރައީސްގެ ދެކަނބަލުން ދ. މީދޫއަށް ވަޑައިގެންނެވުމުން ހޫނު މަރުޙަބާ އެއް ޚަބަރު | 16 ގަޑިއިރު ކުރިންރައީސްގެ ދެކަނބަލުން، ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިޚަބަރު | 19 ގަޑިއިރު ކުރިން