logoEN
ޚަބަރު

ފުލެޓު ލިސްޓަށް 2،800 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

25 މާރިޗު 2025 - 02:10

ގެދޮރުވެރިޔާ ސްކީމުގެ ފުލެޓު ލިސްޓަށް މިހާތަނަށް 2،800 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ހާމަކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ދިން މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް އެ ލިސްޓަށް ޖުމުލަ 2،843 ޝަކުވާ ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފުލެޓު ލިސްޓާ ގުޅޭ 2،079 ޝަކުވާއާއި ދެ ކޮޓަރީގެ ފުލެޓު ލިސްޓާ ގުޅޭ 764 ޝަކުވާއެވެ.

ހުޅުމާލޭގައި އަޅާ 4،000 ފުލެޓުގެ ލިސްޓު އިވެލުއޭޓް ކުރުމަށްފަހު، ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެ ލިސްޓުން އުނިވި މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ފުރުސަތު ހަމަވާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އާ ލިސްޓުގައި ޖުމްލަ 1,820 މީހުންނަށް ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 1,423 މީހުންނަށް ތިން ކޮޓަރީގެ ފްލެޓް އަދި 397 މީހުންނަށް ދެ ކޮޓަރީގެ ފްލެޓް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި 2,695 މީހެއްގެ ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު، 424 ފަރާތެއްގެ ޕޮއިންޓަށް އައި ބަދަލާ ގުޅިގެން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮމެންޓް

871x217_placeholder