logo
MPL

MPL

ޚަބަރު

ޤައުމީ ތަފާސްހިސާބުގެ ދުވަސް: "ބިގްޑޭޓާ ޤައުމީ ދިރާސާ" އިފްތިތާޙުކޮށްފި

އަޙްމަދު ޒަލީފް
23 އޮކްޓޯބަރު 2024 - 10:00
ޤައުމީ ތަފާސްހިސާބުގެ ދުވަސް: "ބިގްޑޭޓާ ޤައުމީ ދިރާސާ" އިފްތިތާޙުކޮށްފި

ޤައުމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ބިގްޑޭޓާ ޤައުމީ ދިރާސާ" އިފްތިތާޙުކޮށްފިއެވެ.

މި ދިރާސާ އިފްތިތާޙު ކޮށްދެއްވީ ހައުސިންގ މިިނިސްޓަރ ޑރ ޢަލީ ހައިދަރު އަަހުމަދެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ޒާމާނީ ގޮތްތައް ބޭނުންކޮށްގެން މަޢުލޫމާތު އެއްކުރާ ދިރާސީ ނިޒާމެކެވެ. މީގެދަށުން ޤައުމުތަކުގެ ތަފާސްހިސާބުގެ ޤާނޫނުތައް ޒަމާނީކޮށް ފަރުދީ ޑޭޓާގެ ސިއްރުހިފެހެއް ޓުން ހަރުދަނާކުރުމާއި، ބިގްޑޭޓާ، ސިޓިޒަން ސައިންސް ފަދަ ޑޭޓާ ބޭނުންކުރުމާއި އިދާރީ ތަފާސްހިސާބާއި ރެޖިސްޓަރ ބޭސްޑް ޑޭޓާ ބޭނުންކުރުމަށް މަގުފަހިވާގޮތަށް ޑޭޓާ ސްޓޭންޑަރޑްސްތައް އިސްލާހުކުރާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޑރ ޢަލީ ހައިދަރު ވިދާޅުވީ، ރާއްޖޭގެ އެކި ދާއިރާތަކުން އެއްކުރެވޭ ތަފާސްހިސާބު މަޢުލޫމާތު ތަކަކީ ވަރަށް ބޭނުންތެރި މަޢުލޫމާތުތަަކެއް ކަމަށާއި، ރާއްޖޭގެ ތަރައްޤީގެ ޕްލޭން އެކުލަވާލެވި އެއަށް ޢަމަލީ ސިފަ ގެނައުމުގައި އެ މަޢުލޫމާތުތަކުގެ ބޭނުންތެރިކަން ވަރަށް މުޙިއްމު ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މި މަޢުލޫމާތު އެއްކުމުގެ އެންމެ މުޙިއްމު އެއް ދަޢުރެއް އަދާ ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި، އެ ނިޒާމުވެސް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

މިއަހަރަކީ ޤައުމީ ފެންވަރެއްގައި ތަފާސްހިސާބުގެ ދުވަސް ފާހަގަކުރެވޭ ތިންވަނަ އަހަރެވެ. މިއަހަރުގެ ޝިޢާރަކީ "ސްޓެޓިސްޓިކްސް ފޯ އެން އިންޓެލިޖަންސް ޑްރިވަން ފިއުޗަރ" މިޝިޢާރު ބިނާވަނީ މިދިޔަމަހު ނިޔުޔޯކުގައި އދ އިން ބޭއްވި ސަމިޓް އޮފް ދަ ފިއުޗަރގައި ދިވެހިރާއްޖޭގެ އިވެންޓް "ވިޝަން ފޯ އެން އިންޓެލިޖަންސް ޑްރިވަން ފިއުޗަރ އޮފް މޯލްޑިވްސް" ގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޤައުމީ ތަސައްވުރުގެ މައްޗަށްކަމަށް މިނިސްޓަރ ޑރ ޢަލީ ހައިދަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީ ކައުންސިލުގެ ދަށުގައިވާ 14 ބިމެއް ސަރުކާރަށް ނަގައި، އެތަންތަނުގައި ހިންގާނެ މަޝްރޫޢުތައް އިއުލާނުކޮށްފިޚަބަރު | 21 ދުވަސް ކުރިންހައުސިން މިނިސްޓްރީން އެއްވެސް ލިޔުމެއް މަދުނުވާކަން ޔަގީންވެއްޖެޚަބަރު | މަހެއް ކުރިންހަތަރު ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގަން އެމްޓީސީސީއަށްޚަބަރު | 2 މަސް ކުރިންގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު އިތުރުކޮށްދީފިޚަބަރު | 2 މަސް ކުރިން