logo
E-Platinum
ޚަބަރު

ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވުމަށް ޝަހީދު

ހުސައިން ވަސީމް
26 މާރިޗު 2025 - 08:25
ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވުމަށް ޝަހީދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސުޕްރީމް ކޯޓު ތަމްސީލު ކުރައްވާނެ ފަނޑިޔާރަކަށް އެ ކޯޓަށް މި ފަހުން އައްޔަން ކުރެއްވި ފަނޑިޔާރު ހުސައިން ޝަހީދު މިއަދު ހަމަޖައްސައިފި އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޙުސައިން ޝަހީދު އައްޔަން ކުރައްވަފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލު ކުރައްވަން މީގެ ކުރިން ހުންނެވީ އެ ކޯޓުގެ ފަނޑީޔާރު ހުސްނުއް ސުއޫދު އެވެ. އެމަގާމު ހުސްވީ އޭނާ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ހުސްނުއްސުއޫދުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ފެށުމާއެކު، އެ މަގާމުން ހުސްނުއްސުއޫދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަލްއުސްތާޛު ޙުސައިން ޝަހީދަކީ ޤާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އޭނާ ވަނީ ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރައްވާފައެވެ.

މީގެ އިތުރުން، އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލް.އެލް.ބީ ޙާޞިލުކުރައްވާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣަނީ އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރަން ޖޭއެސްސީން ލަފާދެނީޚަބަރު | 21 ގަޑިއިރު ކުރިންއުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 13 ދުވަސް ކުރިންސުޕްރީމް ކޯޓަށް ހަމީދާއި ސަލީމު އައްޔަން ކުރެއްވުމަށް ފާސްކޮށްފިޚަބަރު | 2 މަސް ކުރިންސުޕްރީމް ކޯޓަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި ޚަބަރު | 2 މަސް ކުރިން