logo
Bank of Maldives

Bank of Maldives

ޚަބަރު

ޣަނީ އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރަން ޖޭއެސްސީން ލަފާދެނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޯގަސްޓު 2025 - 16:12
ޣަނީ އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރަން ޖޭއެސްސީން ލަފާދެނީ

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފިއެވެ.

މި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޣަނީގެ ނަން ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވަނީ މިއަދު ބޭއްވުނު އިންޓަވިއުތަކަށް ފަހުގައެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީގެ އިތުރުން ކުރިމަތިލައްވާފައިވަނީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައުލޫމާތު ލިބޭ ގޮތުގައި، ޖޭއެސްސީން ދެއްވި މާކްސްތަކަށް ބަލާއިރު، އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރުމަށް "ހައިލީ ރިކޮމެންޑެޑް" ލިބިވަޑައިގެންފައިވާއިރު، އަބްދުﷲ މުހައްމަދަށް ލިބިވަޑައިގެންފައިވަނީ "ރިކޮމެންޑެޑް" އެވެ. އަދި ޝުޖާއު އުސްމާން ވަނީ ތިންވަނައިގައެވެ.

އުއްތަމަ ފަނޑިޔާރުކަމަށް ބޭފުޅަކު އައްޔަންކުރެވޭނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ނަންފުޅެއް މަޖިލީހުން ފާސްވުމުންނެވެ. ޖޭއެސްސީގެ ލަފާ މާދަމާ ރައީސް މުއިއްޒަށް ފޮނުވާނެ ކަމަށް ވެއެވެ.

އަބްދުލްޣަނީ މުހައްމަދަކީ ޝަރުޢީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ޖޭއެސްސީގެ މެމްބަރުކަމާއި އަދި ސިވިލް ކޯޓުގެ ޤާޟީކަން ކުރައްވާފައިވެއެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން އެލްއެލްބީ (އޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރޫޑެންސް އާއި، ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ހާސިލުކުރައްވާފައިވާ ޣަނީ، މިހާރު ވަނީ ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ ކޯސް ފުރިހަމަކުރައްވަމުން ގެންދަވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސަށް މަރުހަބާ ދަންނަވަން ފަނޑިޔާރުންނަށް ނުކުމެވޭޚަބަރު | 22 ދުވަސް ކުރިންރަށު ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދަން އިޢުލާންކޮށްފި ޚަބަރު | މަހެއް ކުރިންހައި ކޯޓުގެ ފަނޑިޔާރު ކަމަށް 14 ބޭފުޅަކު ކުރިމަތިލައްވައިފިޚަބަރު | މަހެއް ކުރިންއުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަނުކުރައްވައިފިޚަބަރު | މަހެއް ކުރިން