logo
Bank of Maldives

Bank of Maldives

ޚަބަރު

މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި އަންނަ ހަފުތާ ހުކުމް އިއްވަނީ

ޒިދާން މުޙައްމަދު
8 އޭޕްރީލު 2026 - 16:55
މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި އަންނަ ހަފުތާ ހުކުމް އިއްވަނީ

މިގާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އިއްވުން އަންނަ އާދިއްތަ ދުވަހު އިއްވަން ހަމަޖައްސައިފިއެވެ.

ސުޕްރީމް ކޯޓުން މިމައްސަލާގައި އަޑުއެހުންތައް ނިންމާލިތާ ނުވަ ވަރަކަށް މަސް ވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ޓިކެޓްގައި ގޮނޑި ކާމިޔާބުކުރައްވައި، ހިތަދޫ އުތުރު ދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން މިމައްސަލަ ކޯޓަށް ވެއްދީ ޣާލިބް ސަލީމް ނަމަކަށް ކިޔާ މީހަކެވެ. އޭނާ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރުމުން އެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކި ކަމަށް ބުނެއެވެ.

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ނިންމާލުމަށްފަހު، އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އަންނަ އާދިއްތަ ދުވަހު މެންދުރުއެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުޖޫނެވެ.

ގާނޫނުއަސާސީ ބުނާގޮތުން ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޞްލާޙުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ލަސްވިޔަނުދީ ހަލުވިކަމާއެކު ކުރިއަށްގެންދިއުމުގެ މަގު ފަހިވާނެ: ހަންނާނުޚަބަރު | 13 ގަޑިއިރު ކުރިންކައުންސިލްތަކުގެ ބިންތައް ނަގާ އިސްލާހު ހުށަހެޅީ ސަރުކާރަކުން ނޫން: ފަލާހުޚަބަރު | 18 ގަޑިއިރު ކުރިންފަޅުރަށްތައް ކުއްޔަށް ދިނުމުގެ ބިލު ކޮމިޓީއަށް ފޮނުވައިފިޚަބަރު | 18 ގަޑިއިރު ކުރިންވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމުގެ ބަހުސް ކުރުމަށް 2 ގަޑިއިރު ކަނޑައަޅައިފިޚަބަރު | ދުވަހެއް ކުރިން