ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހުށަހަޅާފައިވާ ސުވާލު ޣައިރު ޤާނޫނީ ކަމަށް ނިންމޭނެ ޖާގައެއް ނެތް: ސުޕްރީމް ކޯޓު
31 މާރިޗު 2026 - 08:57

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2026 ގެ ދަށުން ހުށަހަޅާފައިވާ ސުވާލަކީ ޣައިރު ޤާނޫނީ ސުވާލެއް ކަމަށް ނިންމޭނެ ޖާގައެއް ނެތްކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގެ ޙުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، ސުވާލު ޣައިރު ޤާނޫނީ ކަމަށް ނިންމޭނެ އެއްވެސް ޤާނޫނީ ހަމައެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

Ad by Hajj Corporation
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ހޮނިހިރު ދުވަހު ނެގުމަށް ތައްޔާރުވެފައިވާއިރު މި ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ 8 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ.
ގާނޫނީ ވަކީލް އައިކް އަހުމަދު އީސާ އާއި ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމަށެވެ.
މި މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ރައްޔިތުންގެ އާންމު ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ބާތިލު ސުވާލެއްކަމަށް ބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި، އެފަދަ ވޯޓަކަށް ހުށަހަޅާ ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފަައި ނުވާކަމަށެވެ.
ދައުލަތުން ބުނީ ރިފަރެންޑަމް ގާނޫނުގައިވެސް ސުވާލުގެ އިބާރާތް އޮންނަންވީ ގޮތަކީ ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރީ ބާރަށް ދޫކޮށްލާފަައިވާ ކަމެއް ކަމަަށްވީހިނދު ގާނޫނުއަސާސީގައި އަދި ގާނޫނީ ނައްސެއްގައިވެސް އެފަދަ ސުވާލެއް އިބާރާތްކުރަންވީ ގޮތެއް ބަޔާންކޮށްފައި ނެތްކަމަށެވެ. ސުވާލު ގޯސްވަނީ ކިހިނެއްކަން ދައުވާކުރި ފަރާތަށް ބަޔާންކޮށްނުދެވޭ ކަން ވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.
ދެ އިންތިހާބުގެ ރެފަރެންޑަމްގައި އަހާ ސުވާލު ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ. އާ ހިލާފުވާނެ އެއްވެސް ޤާނޫނީ އަސާސެއް ނެތްކަމަށް ކަނޑައަޅާ، ފެންނަ ނުފެންނަ ވޯޓު ބާއްވަން ނުޖެހޭ ކަމަށް ކަނޑައަޅާދެވޭނެ އެއްވެސް ހަމައެއް ނެތްކަމަށް ޙުކުމްގައި ވެއެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
މައްސަލަ ނިންމާފައިވަނީ ހަތަރު ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

.jpg&w=3840&q=75)
