logo
Bank of Maldives

Bank of Maldives

ޚަބަރު

އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖުލައި 2025 - 12:33
އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ހުޅުވާލައިފި އެވެ.

މި މަގާމަށް މީހަކު ހޯދަން ޢިއުލާންކޮށްފައި މިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އިއްޔެއިން ފެށިގެން އެ މަގާމުން ޝަރަފްވެރިކަމާއެކު ރިޓަޔާވެވަޑައިގަތުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންވެ، ޤާނޫނުގައިވާގޮތުގެ މަތީން އެ މަގާމަށް ޢައްޔަނުކުރާނެ މީހަކާއިގުޅިގެ ޖޭއެސްސީގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް އެ ކޮމިޝަނުން މިއަދު ވަނީ އެ މަގާމަށް ހުޅުވާލާފައެވެ.

އުއްތަމަ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ފަރާތްތަކުން އެ މަގާމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލާފައި ވަނީ  29 ޖުލައި 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން އެ ކޮމިޝަނުގެ ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެއެވެ.

އެ މަގާމުގެ ތައުލީމީ ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއެކު، ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖްރިބާ ހުރުމެވެ.

 ސުޕްރީމް ކޯޓުން ވަގުތީ ގޮތުން ހިންގުން މިވަގުތު ހަވާލުކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 12 ދުވަސް ކުރިންކައި އެންމެފަހުން ބައްޕަ ގޮވައިގެން ސުޕްރީމް ކޯޓަށްޚަބަރު | 13 ދުވަސް ކުރިންހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 15 ދުވަސް ކުރިންސުލޫކީ މައްސަލަތައް ބެލުމުގައި ސަމާލުކަން ދެނީ ހުށަހަޅާ ހެކީގެ މައްޗަށް: ޖޭއެސްސީޚަބަރު | މަހެއް ކުރިން