logoEN
ޚަބަރު

އަމާޒަކީ މިދައުރު ނިމޭއިރު 1000 ޒުވާން ހަތީބުން ތަމްރީނުކޮށް ނެރުން: ވަޒީރު ޝަހީމް

ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޙާފިޡުން ދަސްވެނި ވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޙާފިޡުން ދަސްވެނި ވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މިދައުރު ނިމޭއިރު، މަދުވެގެން ޒުވާން 1000 ޚަތީބުން ތަމްރީނުކޮށް ނެރުން ކަމުގައި އިސްލަމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި މިރޭ ބޭއްވި ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޚަތީބުކަން ކުރާ ފަރާތްތައް މިހާރު ފެންނަނީ އެ ވުޒާރާގެ ސްޓެރެޓަޖީތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށާއި، ކުރިން ވިސްނިފަިއ އޮންނަ ގޮތުން ނަމަ އިމާމަކަށް ވެވޭނީ އިމާމް ސެޓިފިކެޓުގެ ކޯސްތައް ހެދުމުން އެކަނި ކަމަަށެވެ.

ޖީސީ ނުވަތަ އޭލެވެލް ހަދާފަ ނުކުނަ ކުދިން އިސްލާމް މާއްދާތަކުން މަތިން މާކްސް ހޯދާ ފާސްވެގެން ނުކުންނަ ކުދިންނަކީ ކީރިތި ޤުރްއާންގެ އިލްމަށް އަހުލުވެރި ފިޤްހައް އަހުލުވެރި އިމާމް ކަނ ކުރެވޭ ވަރުގެ ޝަހްވިއްޔަތުތައް އެބަތިބި. އެކުދިން ނަށް ފުރުސަތު ހުޅުވާލުމުން މިއަދު މި ވިދާތަރިތައް މި މުންބަރުރަކުން މިފެންނަނީ

އެހެން ކަމުން އެ ވުޒާރާގެ އަމާޒަކީ ރައީސް މުއިއްޒުގެ މިދައުރު ނިމިގެން ދާއިރު މަދުވެގެން ޒުވާން 1000 ހަތީބުން ތަމްރީނުކޮށް ނެރުން ކަމަށާއި، މިހާތަނަން 250 ހަތީބުން ނެރެފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިރޭ 24 ހާފިޡުން ދަސްވެނިވި ނަމަވެސް، އެ ވުޒާރާގެ އަމާޒަކީ ކޮންމެ އަހަރަކު މަދުވެގެން 100 ހަފީޡުން ދަސްވެނިވާވަރަކަށް މި ހަރަކާތް ކުރިއަށް ގެންދިޔުން ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.

އަދި އެ ވުޒާރާގެ އަމާޒަކީ 2045 އަންނަ އިރު އިސްލާމީކަންތައްތަކާ މި ފަދަ މަޝްއޫރުތަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ މަދުވެގެން އަހަރަކު 100 މިލިޔަން ލިބޭ ވަރަށް އެ ވަޒާރާގެ އައުކާފް އިންވެސްޓްމެންޓްތައް ފުޅާކުރުން ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.

އަދި މި މަޝްރޫއުތައް ފުރިހަމަވުމާއި އެކުގައި 2045 ވަނަ އަހަރާ ހަމަޔަށް ކޮންމެ އަހަރަކު 12 މިލިޔަން އިސްލާމިކް ވަގުފް ފަންޑަށް ޖަމާވެގެން ދާނެ އަދި 2045 ވަނަ އަހަރަށް ފަހު ގާތް ގަނޑަކަށް 70 މިލިޔަން އެ ވުޒާރާ އިސްލާމިކަ ފަންޑަށް ވަންނާނެ،

ވަޒީރު ވަނީ މި ރަމަޟާން މަހުގެ 27 ވިލޭރޭ ބޭއްވި ޚަތީބުން ދަސްވެނިވުމުގެ ޖަލްސާއަކީ ދެން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ 27 ވިލޭރޭ ބޭއްވޭނެ ޖަލްސާއެއް ގޮތުގައި ފާހަގަކުރައްވާފައެވެ.

ކޮމެންޓް

871x217_placeholder