ސިނގިރޭޓް ބޭރުކުރަން އުޅުނު މައްސަލައިގައި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި


27 މާރިޗު 2025 - 09:33
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރައަކުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ބޭރުކުރި މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޑިއުޓީ ފްރީ އިން ގަވާއިދާ ހިލާފަށް ސިގިރޭޓް ބޭރުކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ނ. ވެލިދޫ، މުހައްމަދު އައިހަމް (23) ކޯޓް އަމުރުގެ ދަށުން ހައްޔަރުކުރީ އިއްޔެއެވެ.
މުހައްމަދު އައިހަމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓްއަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ރޭ އޭނާ ހައްޔަރުކުރިއިރު، ހުރީ ސިފައިންގެ ޔުނިފޯމުގައި ކަމަށާއި އޭނާ ބޭރު ކުރަން އުޅުނީ އެއް ކާޓަން ސިނގިރޭޓް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ސިނގިރޭޓު އަގުބޮޑުކޮށް ގަވައިދަށް ގެނައި ބަދަލާއެކު ވީއައިއޭގެ ޑިއުޓީ ފްރީ ފިހާރައިން ސިނގިރޭޓު ގަނެ ބޭރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ހުއްދަ ނެތި ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރި މައްސަލައެއްގައި ވެސް ފުލުހަކު ހިމެނޭހެން ދެ މީހަކު އިއްޔެ ރޭ ހައްޔަރުކުރި އެވެ. ނަމަވެސް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން އިއްޔެ އެ ދެ މީހުން ވެސް ދޫކޮށްލި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފައިވަނީ، ވީއައިއޭގެ ޑިޕާޗަރ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ޗެކްކުރިއިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުނެވެ.
އިތުރު ލިޔުންތައް

ފުލުހެއްގެ ގައިގަ ސައިކަލުން ޖެއްސި މީހަކު ހައްޔަރަށް
7 މަސް ކުރިން
ހޯރަފުށިން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
7 މަސް ކުރިން
އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން މަކަރާއި ހީލަތުގެ އަމަލުތައް ހިންގަނީ، ސަމާލުވޭ!
6 މަސް ކުރިން.webp&w=3840&q=75)